މާލިއްޔަތު ކޮމިޓީ
17 ފެބްރުއަރީ 2025 09:30 ނަންބަރު 5
މިއަދުގެ ބައްދަލުވުމުގައި، ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކޮމިޓީތަކުގެ މެންބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޤާބިލު ދިވެހިން ތިބިނަމަވެސް، އެ ކޮމިޓީތަކަށް ބޭރު ފަރާތްތައް އައްޔަންކުރުމާ ގުޅޭގޮތުން ވިސްލްބްލޯވަރެއް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، އެ އިންސްޓިޓިއުޓްގެ ކައުންސިލުން އެކުލަވާލާ ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރުމުގެ އުޞޫލު އަދި ކޮމިޓީތަކަށް ބޭރުގެ ފަރާތްތައް އައްޔަނުކުރުމާމެދު އޮޑިޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތް ސާފުކުރެއްވުމަށް ނިންމެވިއެވެ.
އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރިޓަޔަރކުރެއްވި އިރު އެ އޮފީހުން ރިޓަޔަރމަންޓުގެ ކަންތައް ނިންމަވައިދެއްވުމުގައި ޢަމަލު ކޮށްފައިވާގޮތުން، މިނިވަން މުއައްސަސާތަކުގެ ވަޒީފާއިން ރިޓަޔަރކުރައްވާ ބޭފުޅުންނަށް ލިބޭގޮތަށް ހަމަޖެހިފައިވާ ޢިނާޔަތަކުން މަޙްރޫމްވެފައިވާކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، 2022 ވަނަ އަހަރުން ފެށިގެން މުސްކުޅިކުރާ މުވައްޒަފުންނަށް ރިޓަޔަރމަންޓް ޢިނާޔަތް ދިނުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކޮށްފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަ ދެއްވައި، 07 ޖޫން 2022ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އެ އޮފީހުގެ އުސޫލު ނަންބަރު 2022/G-16 "އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގައި ޢަމަލުކުރާ އުސޫލު"އާ އެއްގޮތަށްކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާކަމަށް އެ ފަރާތަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.
އޭގެ އިތުރުން، ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރިފޯމް އޮފީހުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި، އަދި ޑަބަލްކޮށް ޕެންޝަން ދެވިގެން ނުދާނެފަދަ ގޮތަކަށް ދައުލަތުގެ ޕެންޝަން ނިޒާމް ބައްޓަންކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރައްވާފައިވާ މަސައްކަތްތައް ބެއްލެވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، އެޖެންޑާގައި ބާކީ ހުރި މައްސަލަތައް އެހެން ބައްދަލުވުމެއްގައި ދިރާސާކުރުމަށް ނިންމަވައި، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
12 ޑިސެމްބަރު 2025
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރިޓަޔަރކުރެއްވި އިރު އެ އޮފީހުން ރިޓަޔަރމަންޓުގެ ކަންތައް ނިންމަވާދެއްވުމުގައި ޢަމަލު ކޮށްފައިވާ - އަމިއްލަ ފަރާތް
ކޮމެޓީ މަސައްކަތް ނިމިފައި
17 ފެބްރުއަރީ 2025
ރިފޯމް އޮފީހުގެ މަސައްކަތްތަކާއި އަދި ޕެންޝަން ނިޒާމް ހަރުދަނާކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރައްވާފައިވާ މަސައްކަތްތައް ދިރާސާކުރުން
ކުރިޔަށް ދަނީ
12 ޑިސެމްބަރު 2024
ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ ކޮމިޓީތަކުގެ މެންބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޤާބިލު ދިވެހިން ތިބިނަމަވެސް، އެ ކޮމިޓީތަކަށް ބޭރު ފަރާތްތައް އައްޔަންކުރާ މައްސަލަ - އަމިއްލަ ފަރާތް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA