އިޤްތިޞާދީ ކޮމިޓީ
18 ފެބްރުއަރީ 2025 12:30 ނަންބަރު M20/M/IQ/2025/3
މިއަދުގެ ބައްދަލުވުމުގައި، ކާޑެއްދޫ އެއަރޕޯޓާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ވިލާ އެއަރގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، ކާޑެއްދޫ އެއަރޕޯޓާ ވިލާ އެއަރއިން ހަވާލުވުމަށްފަހު ހިންގަންފެށިފަހުން، ވިލާ އެއަރއިން މަސައްކަތްތަކެއް ކޮށްފައިވާނެކަމަށާއި އެގޮތުން، އެއަރޕޯޓު ފެންސް ޖެހުމާއި، އެކްސްރޭ މެޝިން ބެހެއްޓުމާއި، އާ ޖަނަރޭޓަރު ބެހެއްޓުމާއި، ރަންވޭ މަރާމާތު ކުރުންފަދަ ކަންކަން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަލުން އެއަރޕޯޓާ ހަވާލުވުމަށްފަހު، އެއަރޕޯޓު އަލުން މަރާމާތުކޮށް ބޭނުންވާ ސާމާނު ގެންގޮސްގެން އެއަރޕޯޓު މިއަދާ ހަމައަށްވެސް އެއަރޕޯޓު ހިންގަމުންދާކަމަށާއި، ކާޑެއްދޫ އެއަރޕޯޓު ހިންގަމުންދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަރޓިފިކޭޝަން ސްޓޭންޑަރޑްސް އާއި އެއްގޮތަށްތޯ ދެނެގަތުމަށް ކޮންމެ އަހަރަކުވެސް އޮޑިޓް ނުވަތަ އިންސްޕެކްޝަން ކުރިއަށް ގެންދާކަމަށާއި، ކާޑެއްދޫ އެއަރޕޯޓު އެއަރޕޯޓު ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ މިންގަނޑަށް ފެތޭ ގޮތަށް އެއާޕޯޓު ތަރައްޤީކުރުމަށް މަސައްކަތްތައް ކުރަމުންދަނިކޮށް ސަރުކާރުން ގދ. ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކުރުމުގެ ނަތީޖާއެއްގެ ގޮތުން ވިލާ އެއަރއިން ކާޑެއްދޫ އެއަރޕޯޓު ތަރައްޤީކުރުމަށް މަޝްވަރާކުރަމުން އައި ދެ ފަރާތުންވެސް މަޝްވަރާތައް ހުއްޓާލާފައިވާކަމަށާއި، ސަރުކާރުން ކާޑެއްދޫ އެއަރޕޯޓް ނަގަން ބޭނުންވާކަމަށްވާނަމަ، އެ އެއަރޕޯޓު ދޫކޮށްލަން ތައްޔާރުކަމަށާއި އެކަމާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކުރުމަށް ތައްޔާރުކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި ކައިރި ކައިރީގައި އިންޓަރނޭޝަނަލް އެއަރޕޯޓް ޤާއިމުކުރުމުން ފީސިބަލް ނުވާނެކަމަށާއި، އެއަރޕޯޓް ކުރިއަށްދާނީ އެ ސަރަޙައްދަށް ކޮންސޮލިޑޭޓަޑް ޑިވެލޮޕްމެންޓެއް ގެނެސްގެންކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި، ކާޑެއްދޫ އެއަރޕޯޓަކީ ވަރަށް ދުވަސްވީ އެއަރޕޯޓަކަށް ވެފައި، ވެއަރ އެންޑް ޓެއަރގެ މަސައްކަތް މެދު ނުކެނޑި ކުރަމުންދާކަމަށާއި، މުވައްޒަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅަމުން ގެންގޮސްފައިވާނީ ކުންފުނީގެ އެޗް.އާރް ޕޮލިސީތަކުގެ މަތިން ކަމަށް ވިލާ އެއަރ އިން ފާހަގަކުރެއްވިއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ސަލާމް
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
4 ނޮވެމްބަރު 2024
ކާޑެއްދޫ އެއަރޕޯޓު މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA