ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2025 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

16 ފެބްރުއަރީ 2025 14:00 ނަންބަރު M20/M/SM/2025/2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، މިނިސްޓްރަ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ގ.ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމްގެ ނަންފުޅު، އެ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މެންބަރުންނަށް ފުރުޞަތު ހުޅުވާލުމުން، ދެންނެވުނު މައްސަލައިގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދެންނެވުނު ފަރާތުގެ ކުށުގެ ރެކޯޑު ސާފުކޮށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޙިއްޞާކުރައްވާފައިވާ މަޢުލޫމާތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި ފުރިހަމަވާންވާނެކަން ބަޔާންކޮށްފައިވާ ޝަރުޠުތައް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތުގެ ކިބައިގައި ފުރިހަމަވާތީއާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެންނުވާނޭކަމަށް ބަޔާންކޮށްފައިވާފަދަ އެއްވެސް ކަމެއް އެފަރާތުން ކުރައްވަމުން ނުގެންދަވާކަން ސާފުވާތީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓުދިނުމަށް ހުޅުވާލުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.


ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 17 ނޮވެންބަރު 2023 ގައި އުފައްދަވާފައިވާ ވުޒާރާތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަދި، މިނިސްޓްރީ އޮފް ހެލްތްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މެންބަރުންނަށް ފުރުޞަތު ހުޅުވާލުމުން، 3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ކޮމިޓީއަށް ފެންނަކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓުދިނުމަށް ހުޅުވާލުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

 

ދެން ކުރިއަށް ގެންދެވީ، ކޮމިޓީއަށް ލިބިފައިވާ އެހެނިހެން މައްސަލަތަކުގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ 3 މައްސަލައިގެ މަސައްކަތެވެ. އެގޮތުން، ފަތުރުވެރިން ހަރަކާތްތެރިވާ ސަރަޙައްދުތަކުގައި ނުރައްކާތެރި ހާދިސާތައް ދިމާވަމުންދާކަމަށާއި، ޚާއްޞަކޮށް ޙިމާޔަތް ކުރެވިފައިވާ "މެރިން ޕާކް" ތަކުގައި އެފަދަ ހާދިސާތައް ދިމާވަމުންދާކަން ބަޔާންކުރައްވައި، އެ ސަރަޙައްދުތައް ޙިމާޔަތް ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯއްދެވޭނެ ގޮތްތަކަކީ ކޮބައިކަން ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލައާއި "ސައުތުއަރި މެރިން ޕްރޮޓެކްޓިވް އޭރިޔާ" (SAMPA) ސަރަޙައްދު ބެލެހެއްޓެވުމުގެ ޒިންމާ ހަވާލުކުރައްވާފައިވާ ފަރާތްކަމުގައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީން އެ ސަރަޙައްދު ބެލެހެއްޓެވުމަށް އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް އެކަން އެންމެ ފުރިހަމައަށް ހިގަމުން ނުދާތީވެ، އެ ސަރަޙައްދު ބެލެހެއްޓެވުމުގެ ކަންކަން އަވަސްކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓުދިނުމަށް ހުޅުވާލުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.


އެއަށްފަހު ކުރިއަށް ގެންދެވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ، ރާއްޖެއިން ބޭރުން އެމް.ބީ.ބީ.އެސް ހެދުމަށްޓަކައި ދޫކުރެވޭ ލޯނުގައި އިންޓާންޝިފް ހެދުމަށްޓަކައި ހޭދަވާ ފައިސާ ލޯނުގެ ތެރޭގައި ހިމެނިފައި ނުވުމާއި ރާއްޖޭގައި އިންޓާންޝިފް ހެދުމަށް އިތުރަށް ފައިސާ ހޭދަކުރަން ޖެހުމާއި އަދި އެފުރުޞަތު އައި.ޖީ.އެމް.އެޗުން ލިބުން ދަތިވެފައިވާތީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހެލްތްގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެކަމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ބަލައި، އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލަ އެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި، މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ތާއިދުކުރެއްވިއެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓުދިނުމަށް ހުޅުވާލުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.


މި ބައްދަލުވުމުގައި ހުށަހެޅުނު ހުށަހެޅުންތަކަށް މެންބަރުން ވޯޓު ދިންގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ސަލާމް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ސަލާމް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ފެންނަކަމަށް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ނުފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ފެންނަކަމަށް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
1
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
6
ނުފެންނަކަމަށް
1
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ފެންނަކަމަށް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ފެންނަކަމަށް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ފެންނަކަމަށް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ފެބްރުއަރީ 2025

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ސައުތުއަރި މެރިން ޕްރޮޓެކްޓިވް އޭރިޔާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

10 ފެބްރުއަރީ 2025

ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ ވަޒީރައް ރުހުންދިނުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

10 ފެބްރުއަރީ 2025

3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވައި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

14 ޖެނުއަރީ 2025

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މެރިން ޕާކް މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

14 ޖެނުއަރީ 2025

ރާއްޖެއިން ބޭރުން އެމް.ބީ.ބީ.އެސް ހެދުމަށްޓަކައި ދޫކުރެވޭ ލޯނުގައި އިންޓާންޝިފާއި ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA