ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން.

18 ފެބްރުއަރީ 2025 10:30 ނަންބަރު M20/M/KG/2025/05

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 17 ފެބުރުވަރީ 2025 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ ތިރީގައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

  • މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ މަރިޔަމް ޝަބީނާ އަޙްމަދު، މ.ރުއްފުށި، ބްރޫނާއީ ދާރުއްސަލާމަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށާއި،
  • ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، މ.ގީލާވިލާ، ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގް، އަދި ކިންގްޑަމް އޮފް ދަ ނެދަރލެންޑްސަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށާއި،
  • އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ އިރުތިޝާމް އާދަމް، ހ.އޯކިޑް، ފްރާންސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް، އަދި
  • ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ލުވޭޒު، މއ.ދިލާސާގެ، އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް.

އެގޮތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހެޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ތާއީދުކުރެއްވީ، އިސްވެދެންނެވި މަޤާމުތަކަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބޭފުޅުންނަކީ މިހާރުވެސް ސަފީރުކަމުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށާއި، އަދި އެބޭފުޅުންނަކީ ކޮމިޓީން ކުށުގެ ރިކޯޑު ސާފުކުރައްވާ އަދި އިންޓަރވިއުވެސް ކުރައްވާފައިވާ ބޭފުޅުންކަމަށްވާތީ، އަލުން ކުށުގެ ރިކޯޑު ސާފުކުރެއްވުމާއި އަދި އިންޓަރވިއު ކުރެއްވުމަށް ނުފެންނަކަމަށާއި، މި މައްސަލަތައް ނިންމަވާނެ ސުންގަޑިއަކީ 20 ފެބުރުވަރީ 2025 ކަމުގައި ހަމަޖެއްސެވުމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.


ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ފެބްރުއަރީ 2025

ބްރޫނާއީ ދާރުއްސަލާމަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ޢައްޔަނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

17 ފެބްރުއަރީ 2025

ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގް، އަދި ކިންގްޑަމް އޮފް ދަ ނެދަރލެންޑްސަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ޢައްޔަނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

17 ފެބްރުއަރީ 2025

ފްރާންސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ޢައްޔަނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

17 ފެބްރުއަރީ 2025

އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ޢައްޔަނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA