އިޖްތިމާޢީ ކޮމިޓީ

އިޖްތިމާޢީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

12 ފެބްރުއަރީ 2025 14:30 ނަންބަރު M20/M/IJ/2025/01

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރައްވާފައިވަނީ ހދ. ކުޅުދުއްފުށި މަސްޖިދުލް ޙަޟާރަތުގެ ބެލެނިވެރި ފަރާތެއްނެތި ވީރާނާ ވަމުންދާތީ، އެ މިސްކިތުގެ ޙާލަތު ރަނގަޅުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ކޮޕީކޮށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުންނެވެ. މިއީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށާއި މި މައްސަލަ ހުށަހަޅަންވާނީ ކުޅުއްދުއްފުށީ ސިޓީ ކައުންސިލަށް ކަމަށް ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ. މިއީ ކޮޕީ ސިޓީއަކާ ގުޅޭ މައްސަލައެއް ކަމުގައިވާތީ މި މައްސަލަ ފައިލްކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.


ދެވަނަ އަށް ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ ޅ. ނައިފަރުގައި ހިނަވާ ގެއެއް އެޅުމާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ކޮޕީ ސިޓީއަކާ ގުޅޭ ގޮތުންނެވެ. މި މައްސަލަ ވެސް ފައިލްކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.


ދެން ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭގޮތުން ރިވައިވަލް ސްޕޯޓްސް ކްލަބުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެ ގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާ އިބްރާހިމް ހުށަހަޅުއްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާޢީދުކުރައްވާފައިވަނީ، އެމައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފުކުރެއްވުމަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަން އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އަދި ރެކްރިއޭޝަނަށް ސިޓީ ފޮނުއްވުމަށެވެ. އެއްވެސް މެންބަރަކު އިޢުތިރާޒު ނުކުރައްވާތީ ކޮމިޓީން މިގޮތަށް މައްސަލަ ކުރިއަށް ގެންދަން ނިންމަވާފައިވެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ފޮނުއްވާފައިވާ ސިޓީގައި "ސެޒޭޝަން" ފަރުވާއަށް ބޭނުންކުރާ ޕެޗު ފަދަ ތަކެތި މަސްތުވާތަކެތީގެ މާނައިން އިސްތިސްނާކުރައްވާފައި ނުވާތީ އެކަން ހިނގާފައިވާގޮތް ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީއާއި އާސަންދައާއި އެންސްޕާ މެދުވެރިކޮށް ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅިން އެ މައްސަލަތައް ހުށަހަޅުއްވާފައިވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ އެކަންތައް މިހާރު ހައްލުވެފައަވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދެއްވުމަށް ބޭނުންފުޅުނުވާކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް ފައިލް ކުރުމަށް ކޮމިޓީން ނިންމެވިއެވެ.

 

ސިއްޙީ ޚިދުމަތްތައް ލިބިގަތުމުގައި ޢާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން ބައްލަވައިދެއްވުން އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑަށާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލަށް ސިޓީ ފޮނުވުމަށްފަހު އެ ފަރާތްތަކާ ބައްދަލުކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

 

ވިހެއުމާ ގުޅިގެން ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން މުވައްޒަފުންނަށް ލިބިދޭ 6 މަސްދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެނަމަ، ޗުއްޓީ ކުރުކޮށް ވަޒީފާއަށް ނިކުންނަން ޖެހޭކަމަށް ބަޔާންކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލައަކީ މިނިވަން މުއައްސަސާ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ މައްސަލަ މިނިވަން މުއައްސަސާ ކޮމިޓީއަށް ފޮނުވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

 

ދެން ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ 6 ފެބުރުވަރީ 2025 ގައި، ގއ.ވިލިނގިލި، ޒަމާނީވިލާ ފާތިމަތު ޝިއުނާއާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގައި ސަރުކާރުގެ މުއައްސަސާތަކުގެ އިޙުމާލު އޮތްކަން ފާހަގަވާކަމަށް ބަޔާންކޮށް އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން، އެ މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ހެލްތަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

 

ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ބައެއް ހޮސްޕިޓަލްތަކުން، ޕްރައިވެޓް އިންޝުއަރެންސްއިން ބިލަށް ފައިސާދައްކަވާ ފަރާތްތަކުގެ ތެރެއިން އެޑްމިޓްވެގެން ފަރުވާ ހޯއްދަވާ ފަރާތްތަކަށް އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެ، އެ ފަރާތްތަކުން އަމިއްލައަށް އެ ފައިސާ ދެއްކެވުމަށް ހޮސްޕިޓަލުތަކުން އެދެމުންދާކަމަށާއި ދެންނެވުނު ބިލުތަކަށް އަލުން ފައިސާ ހޯއްދެވުމަޓަކައި ހޮސްޕިޓަލުތަކުން އާސަންދަ ކޮމްޕެނީއަށް ބިލު ހުށަހަޅުއްވައިގެން ފައިސާ ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާތަކެއް ލިބެމުންދާތީ އެ މައްސަލަ ބަލައިދެއްވުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާ އިބްރާހީމް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުއްވުމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ތާޢީދުކުރައްވާފައިވެއެވެ.


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާތީ، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކުރެއްވޭނެކަންކަން ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯއްދެވުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާ އިބްރާހީމް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުއްވުމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ތާޢީދުކުރައްވާފައިވެއެވެ.

މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.


އެންމެ ފަހު ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު އަދި ސްކޮލަރޝިޕް ދޫކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ، އެ ފަރާތްތަކުގެ ސެމިސްޓަރ ތަކުގެ ފީތައް ނުދެއްކި ލަސްވުމުގެ ސަބަބުން ކިޔެވުމަށް ހުރަސްއެޅެމުންދާކަމުގެ ޝަކުވާތަކެއް ލިބެމުންދާކަން ބަޔާންކޮށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން، އެ މިނސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ވަޑައިގެންނެވި

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އިބްރާހީމް

ކޮމަންޑޫ ދާއިރާ

ވަޑައިގެންނެވި

ޔާސީން ޢަބްދުﷲ

ނައިފަރު ދާއިރާ

ވަޑައިގެންނެވި

މުންތަޡިމް އިބްރާހީމް

ކާށިދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްރަޙްމާން

އައްޑޫމީދޫ ދާއިރާ

ވަޑައިގެންނެވި

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ސަލާމް

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ފަޟީލް

ދާންދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ހާޒިރުވެނެތް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ފެންނަކަމަށް

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު އިބްރާހީމް

ކޮމަންޑޫ ދާއިރާ

ފެންނަކަމަށް

ޔާސީން ޢަބްދުﷲ

ނައިފަރު ދާއިރާ

ފެންނަކަމަށް

މުންތަޡިމް އިބްރާހީމް

ކާށިދޫ ދާއިރާ

ފެންނަކަމަށް

ޢަބްދުއްރަޙްމާން

އައްޑޫމީދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ފަޟީލް

ދާންދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

12 ފެބްރުއަރީ 2025

ބައެއް ހޮސްޕިޓަލުތަކުން ޑަބަލް ޕޭމަންޓް ނަގަމުންދާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 ފެބްރުއަރީ 2025

ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ޖަމާކޮށްދިނުމުގައި ލަސްތަކެއްވާ ކަމަށް ބުނެ ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 ފެބްރުއަރީ 2025

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބުމުގައި ދިމަވާ ދަތިތައް ދެނެގަނެ އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

9 ފެބްރުއަރީ 2025

ގއ.ވިލިނގިލި، ޒަމާނީވިލާ ފާތިމަތު ޝިއުނާއާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

30 ޖެނުއަރީ 2025

ސިއްޙީ ޚިދުމަތްތައް ލިބިގަތުމުގައި ޢާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

22 ޖެނުއަރީ 2025

ވިހެއުމާ ގުޅޭ ޗުއްޓީއާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

6 ޖެނުއަރީ 2025

މިނިސްޓްރީ އޮފް ހެލްތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ފޮނުވި ސިޓީއެއްގައި، "ސެޒޭޝަން" ފަރުވާގެ ޑިވައިސްތަކަކީ ދުންފަތުގެ ގޮތުގައި ބަލާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2024

ހދ. ކުޅުދުއްފުށި މަސްޖިދުލް ޙަޟާރަތާ ގުޅިގެން އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ކޮޕީ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2024

ޅ. ނައިފަރުގައި ހިނަވާ ގެއެއް އެޅުމާ ގުޅިގެން އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ މައްސަލަ (ކޮޕީ ސިޓީ)

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2024

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA