ގަވާއިދު ކޮމިޓީ
19 ފެބްރުއަރީ 2025 11:00 ނަންބަރު M20/M/GV/2025/01
މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޢާއިލާއާބެހޭ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާގެ ބެލުމުގެ ޚަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ޢަދަދުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުވާފައިވާ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ފެމިލީ ކޯޓު އަދި ފެމިލީ ލީގަލް ކްލިނިކްއާ ބައްދަލުކުރެއްވިއެވެ. އެގޮތުން ޢާއިލާއާ ބެހޭ ގަވާއިދު އިސްލާޙުކުރުމަށް މިއަހަރުގެ އެޖެންޑާގައި ހިމެނިފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ. އަދި ގަވާއިދު ތަންފީޒުކުރެވޭނެ ފަދަ ގޮތަކަށް އެ ގަވާއިދަށް އިސްލާޙުގެނައުން މުހިއްމުކަމަށާއި، ކުދިންގެ ޚަރަދު ދިނުމުގެ މައްސަލަ ގިނަވަނީ ރާއްޖޭގައި ވަރީގެ ނިސްބަތް ގިނަވުމުގެ ސަބަބުންކަމަށާއި މިކަން ޙައްލުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިތުރު ބަޖެޓް ބޭނުންވާކަމަށް ފެމިލީ ކޯޓުން މަޢުލޫމާތު ދެއްވިއެވެ.
އެއަށްފަހު ޢާއިލާއާބެހޭ ގަވާއިދު އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަޢުލޫމާތު ދެއްވާފައިވާތީ، އެކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް 2 މަސް ފަހުން މަތީގައިވާ އިދާރާތަކާ ބައްދަލުކުރެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއިދުކުރެއްވިއެވެ.
މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
5 ޑިސެމްބަރު 2024
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ސިޓީ
ކުރިޔަށް ދަނީ
ގަވާއިދު ކޮމިޓީގެ 1 ވަނަ ބައްދަލުވުން
19 ފެބްރުއަރީ 2025
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA