މާލިއްޔަތު ކޮމިޓީ
26 ފެބްރުއަރީ 2025 10:30 ނަންބަރު M20/M/ML/2025/8
މިއަދުގެ ބައްދަލުވުމުގައި، ޕްރޮކިއުމަންޓް އުސޫލުން 2018 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އިން ހޯދާފައިވާ މުދަލާއި ޚިދުމަތާގުޅޭ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ވެމްކޯގެ ޕްރޮކިއުމަންޓަށް ކޮށްފައިވާ ޚަރަދާއި، ކުއްޔަށް ނެގުމަށް ކޮށްފައިވާ ޚަރަދުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކޮމިޓީން ނިންމެވިއެވެ.
އެއަށްފަހު، ޕްރޮކިއުމަންޓް އުސޫލުން 2018 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހޯދާފައިވާ މުދަލާއި ޚިދުމަތާގުޅޭ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިފްކޯގެ ޕްރޮކިއުމަންޓަށް ކޮށްފައިވާ ޚަރަދާއި، ކުއްޔަށް ނެގުމަށް ކޮށްފައިވާ ޚަރަދުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކޮމިޓީން ނިންމެވިއެވެ.
އޭގެ އިތުރުން، މިފްކޯގެ ޕްރޮކިއުމަންޓަށް ކޮށްފައިވާ ޚަރަދުތަކާ ގުޅޭގޮތުން އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލަކުރުމަށް ފޮނުވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިޢުތިރާޒް ނުކުރައްވާތީ އެގޮތަށް ކޮމިޓީން ނިންމެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
25 ނޮވެމްބަރު 2024
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކާފައިނުވާ ފައިސާއާއި، އެ ފައިސާ ހޯދުމަށް އެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA