ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2025 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

12 މާރިޗު 2025 11:00 ނަންބަރު M20/M/SM/2025/3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް" އުވައިލައި، "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ" ގެ ނަން "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ" ގެ ނަމަށް ބަދަލުކޮށް، "މިނިސްޓްރީ އޮފް ފިނޭންސް" ގެ ނަން "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ" ގެ ނަމަށް ބަދަލުކޮށް، "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" އުވައިލައި، "މިނިސްޓްރީ އޮފް ޓޫރިޒަމް" ގެ ނަން "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް" ގެ ނަމަށް ބަދަލުކޮށް "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ" އާއި، "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ" އަދި "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް" ގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މެންބަރުންނަށް ފުރުޞަތު ހުޅުވާލުމުން، 3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ކޮމިޓީއަށް ފެންނަކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ތާޢީދުކުރެއްވިއެވެ.

މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.


ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ، ރާއްޖެއިން ބޭރުން އެމް.ބީ.ބީ.އެސް ހެދުމަށްޓަކައި ދޫކުރެވޭ ލޯނުގައި އިންޓާންޝިފް ހެދުމަށްޓަކައި ހޭދަވާ ފައިސާ ލޯނުގެ ތެރޭގައި ހިމެނިފައި ނުވުމާއި ރާއްޖޭގައި އިންޓާންޝިފް ހެދުމަށް އިތުރަށް ފައިސާ ހޭދަކުރަން ޖެހުމާއި އަދި އެފުރުޞަތު އައި.ޖީ.އެމް.އެޗުން ލިބުން ދަތިވެފައިވާތީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހެލްތްގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެކަމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ބަލައި، އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލަ އެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހެލްތްއިން ފޮނުއްވާފައިވާ މަޢުލޫމާތު މެންބަރުންނާ ހިއްސާކުރުމަށްފަހު، އެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމަށްފަހު، މި މައްސަލަ އިތުރަށް ދިރާސާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި، މިނިސްޓްރީ އޮފް ހެލްތް އަދި އައި.ޖީ.އެމް.އެޗްގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއިދުކުރެއްވިއެވެ. 

މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.


އެއަށްފަހު ކުރިއަށް ގެންދެވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ބައްދަލުކުރައްވައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުންނާއި އަދި އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން އެކުލަވާލާފައިވާ ޕޮލިސީތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފޮނުއްވާފައިވާ މަޢުލޫމާތުތަކާމެދު މަޝްވަރާކުރިއެވެ. ނަމަވެސް ޖަލްސާގެ ވޯޓު ގަޑި ޖެހުމާ ގުޅިގެން، މި މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށް ނިންމަވައި، ބައްދަލުވުން ނިންމަވާލެއްވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ފެންނަކަމަށް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ފެންނަކަމަށް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

26 ފެބްރުއަރީ 2025

3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވައި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

16 ފެބްރުއަރީ 2025

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ވެެހިކަލް ރަޖިސްޓްރީކުރުމާ ގުޅޭ މައްސަލަ

ކުރިޔަށް ދަނީ

14 ޖެނުއަރީ 2025

ރާއްޖެއިން ބޭރުން އެމް.ބީ.ބީ.އެސް ހެދުމަށްޓަކައި ދޫކުރެވޭ ލޯނުގައި އިންޓާންޝިފާއި ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA