ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ
11 މާރިޗު 2025 11:00 ނަންބަރު M20/M/SKH/2025/3
މި ބައްދަލުވުމުގައި ކުރިއަށް ދިޔައީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 2 މެންބަރުން ހޮވުމުގެ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން މެންބަރުންނަށް ފުރުޞަތު ހުޅުވާލުމާއެކު މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވީ އެ މައްސަލަ ނިންމާނެ ސުންގަޑި 13 މާރިޗު 2025 ގެ ނިޔަލަށް ކަނޑައެޅުމަށެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގެ "ވޯޓު 1" ގައި އެވަނީއެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިއެވެ.
އެއަށްފަހު މެންބަރުންނަށް ހުޅުވާލި ފުރުޞަތުގައި، އިންޓަރވިއުކޮށް މާކްސް ދިނުމުގައި ކޮމިޓީން ޢަމަލުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކޮށްފައިވާ "މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަޤިއްލު މަޤާމުތަކަށް މީހުން ޢައްޔަންކުރުމަށް އިންޓަރވިއުކުރެވޭ ފަރާތްތަކަށް މާކްސް ދިނުމުގައި ވަޒަންކުރާނެ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގެ "ވޯޓު 2" ގައި އެވަނީއެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.
އަދި އިންޓަރވިއުކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދަވާނެ ތާރީޚެއްގެ ގޮތުގައި 12 މާރިޗު 2025 ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގެ "ވޯޓު 3" ގައި އެވަނީއެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.
އަދި އިންޓަރވިއު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިދާރީ ޕެނަލް އެކުލަވާލުމުގެ ގޮތުން ކޮމިޓީގެ މުޤައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ލީގަލް އެފެއާޒް ޑރ. އާމިނަތު އަޞްފާ ޝާފިޢީ، ޑެޕިއުޓީ ޑިރެކްޓަރ، ލީގަލް އެފެއާޒް އަލްއުސްތާޛާ ޝިރާޒާ ނަޞީރު އަދި ލީގަލް އޮފިސަރ އަލްފާޟިލް މުޙައްމަދު ޙަރީޞް ޙަނީފް ގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޟުކުރައްވާފައި ނުވާތީ އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ.
އެއަށްފަހު މި ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅުންހުރި ޚާއްޞަ އޮޕަރޭޝަނެއް 10 މާރިޗު 2025 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ސަލާމަތީ ބާރުތަކުން ކުރިއަށްގެންގޮސްފައިވާތީ އެކަމާގުޅޭގޮތުންނެވެ. މެންބަރުގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ އެ އޮޕަރޭޝަނާ ގުޅުހުންހުރި މަޢުލޫމާތު ކޮމިޓީއަށް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީ ފޮނުވުމަށެވެ.
އަދި ފަހު ކަމެއްގެ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ތެޔޮބޯޓެއްގައި ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް އެތެރެކުރި މައްސަލައިގައި ކުރަމުންދާ ތަހުޤީޤުގެ މައްސަލައާ ގުޅޭގޮތުންނެވެ. މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދުކުރައްވާފައިވަނީ އެ މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފައިވާ ސިނގިރޭޓް ކާޓޫނުތައް ބަހައްޓާފައި ހުރި ތަނަށް ކޮމިޓީން ޒިޔާރަތް ކުރުމަށެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގެ "ވޯޓު 4" ގައި އެވަނީއެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
11 މާރިޗު 2025
ސަލާމަތީ ބާރުތަކުން 10 މާރިޗު 2025 ގައި ހިންގާފައިވާ ޤައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނުގެ މައްސަލަ.
ކުރިޔަށް ދަނީ
26 ފެބްރުއަރީ 2025
ޕޮލިސްބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިިން ނަގާ 2 މެންބަރުން ހޮވުމުގެ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
30 އޮކްޓޯބަރު 2024
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ތެޔޮބޯޓެއްގައި ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް އެތެރެކުރި މައްސަލައިގައި ކުރަމުންދާ ތަހުގީގުގެ މައްސަލަ.
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA