ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ
12 މާރިޗު 2025 11:00 ނަންބަރު M20/M/SKH/2025/4
މި ބައްދަލުވުމުގައި ކުރިއަށްދިޔައީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 2 މެންބަރުން ހޮވުމުގެ އިންޓަރވިއު ކުރިއަށް ގެންދިއުމެވެ. އެގޮތުން މި ބައްދަލުވުމުގައި ތިރީގައިވާ ފަރާތްތަކާ ވަނީ އިންޓަރވިއު ކުރައްވާފައެވެ.
· އަޙްމަދު މުޢާވިޔަތު ޤާސިމް
· އަޙްމަދު މިޒްމާދު
· މުޙައްމަދު ޞާދިޤް
· ނިސްބާޙު ޙަސަން (ރިފަރަލް: އަޙްމަދު މުބީން)
އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ހުރިހާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާކްސް ދެއްވެވިއެވެ.
އަދި އިންޓަރވިއުއަށް ހާޒިރުވި ހުރިހާ ކެންޑިޑޭޓުންގެ އިންޓަރވިއު ނިމުމުން، އިންޓަރވިއުކުރެވުނު ފަރާތްތަކުގެ ތެރެއިން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) އިން ފެށިގެން މަތިން މާކްސް ލިބިވަޑައިގެން ފަރާތްތަކަކީ، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އާންމުރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ހޮއްވެވުމަށް ޤާބިލު ފަރާތްތަކެއްކަމަށާ، އެ ފަރާތްތަކުން އެ ބޯޑަށް ހޮއްވެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފެނިވަޑަގަންނަވާތޯ ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގެ "ވޯޓު 1" ގައި އެވަނީއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވިގޮތުގެ ތަފްޞީލް ތިރީގައިއެވަނީއެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
26 ފެބްރުއަރީ 2025
ޕޮލިސްބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިިން ނަގާ 2 މެންބަރުން ހޮވުމުގެ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA