ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
12 މާރިޗު 2025 11:00 ނަންބަރު M20/M/HG/2025/3
މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންގޮސްފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން ތިރީގައިވާ މައްސަލަތަކާމެދު ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމެވިއެވެ.
1. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށް އައު އޮފީސް ޖާގައެއް ހޯދުމާ ބެހޭގޮތުން ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމެވުމާއި ގުޅޭގޮތުން އެ މައްސަލައަކީ މާލިއްޔަތުގެ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ މައްސަލައަކަށްވާތީއާއި، އެ މައްސަލަ އެ ކޮމިޓީއަށްވެސް ހުށަހެޅިފައިވާތީ މި ކޮމިޓީން އެ މައްސަލަ އިތުރަށް ނުބެލުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ތާއީދުކުރެއްވިއެވެ. ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
2. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކޮމިޓީން ބައްލަވައި ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅުއްވާފައިވާ ކަންކަން ތަންފީޒުކުރުމަށް އެ އޮފީހުން ގަސްތުކުރާ ގޮތުގެ ޕްލޭންއާ ގުޅިގެން، ރިވިއުކުރުމަށް 6 މަސްދުވަސް ފަހުން ފޮލޯ-އަޕް ހެދުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ތާއީދުކުރެއްވިއެވެ. ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
3. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ށ) ދަށުން ކޮންމެ 4 މަހަކުން ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތަށްޓަކައި އެ މިނިސްޓްރީން ފޮނުވާފައިވާ ކޭސް ސްޓެޓިސްޓިކްސް ކޮމިޓީއާ ހިއްސާކުރުމުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މި މައްސަލަތަކާ ގުޅިގެން ޕްރިވެންޝަން އަށް ކުރާ މަސައްކަތްތަކަކީ ކޮބައިތޯ ސާފުކުރުމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވިއެވެ.
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިނުގަންނަވާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ރަސްމީ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ސަލާމް
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ސަލާމް
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
15 އޮކްޓޯބަރު 2024
ކޮމިޓީން ދިރާސާކުރަމުންގެންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA