މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

17 މާރިޗު 2025 11:00 ނަންބަރު M20/M/ML/2025/12

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ އެސެޓް ރިކަވަރީ ޤާނޫނުގެ ނަމޫނާއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ނަމޫނާ ޤާނޫނުގެ މާއްދާތަކަށް ގެންނަންޖެހޭ އިޞްލާޙެއްވާނަމަ، އެ އިޞްލާޙުތައް ހިމެނޭގޮތަށް އެކަމާގުޅޭ ބިލެއް އެކުލަވާލައްވައި، 30 އެޕްރީލް 2025 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް އެޓަރނީ ޖެނެރަލްއަށް ދެންނެވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގައި ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

 

އެއަށްފަހު، "މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންގތެނިންގ ޕްރޮޖެކްޓް" ހިންގުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އިން 3,800,000 އިސްލާމިކް ދީނާރުގެ ލޯނާއި، ޖެނެރަލް ފައިނޭންސިންގ އުސޫލުން ޕްރޮޖެކްޓަށް އެސެޓްތައް ގަތުމަށް 59,250,000 އެމެރިކާ ޑޮލަރުގެ ލޯނު އަދި 400,000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.


ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާތުގެ ޤާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 72-2 ގެ ދަށުން ރިއަލް ޓައިމް މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމު ޤާއިމްކުރުމަކީ 17 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ލާޒިމްކަމެއްކަމަށް ވީހިނދު، މިކަމުގައި ޝާމިލްވާންޖެހޭ އިދާރާތައް ކަމަށްވާ ދިވެހި ފުލުހުންގެ ޚިދުމަތް، މާލީ އިދާރާތައް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދެއްވައި މަސައްކަތް ގޮސްފައިވާ ހިސާބެއް ބައްލަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، އެ މާއްދާގައި ބަޔާންކުރާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި މާލީ އިދާރާތަކާ ދެމެދު ރައްކާތެރިކަމާއެކު ރިއަލް-ޓައިމްގައި މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.


މީގެ އިތުރުން، ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރިފޯމް އޮފީހުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި، އަދި ޑަބަލްކޮށް ޕެންޝަން ދެވިގެން ނުދާނެފަދަ ގޮތަކަށް ދައުލަތުގެ ޕެންޝަން ނިޒާމް ބައްޓަންކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރައްވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، އެ މަޢުލޫމާތުތައް ދިރާސާކުރުމަށް މެންބަރުންނަށް ވަގުތު ދިނުމަށްފަހު، އެހެން ބައްދަލުވުމެއްގައި މައްސަލަ އެޖެންޑާކުރުމަށް ނިންމެވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ސަލާމް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ހާޒިރުވެނެތް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
8
ވޯޓުދިން މެންބަރުން
8
ހާޒިރުވެތިބި މެންބަރުން
9
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
9
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ފެންނަކަމަށް
8
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
8
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

12 މާރިޗު 2025

މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންގތެނިންގ ޕްރޮޖެކްޓް ހިންގުމަށް ލޯނު އަދި ހިލޭ އެހީގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

27 ފެބްރުއަރީ 2025

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާތުގެ ޤާނޫނަށް 5 ވަނަ އިސްލާހު) ރިއަލްޓައިމް މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބައްލަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

26 ފެބްރުއަރީ 2025

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ އެސެޓް ރިކަވަރީ ޤާނޫނުގެ ނަމޫނާ

ކުރިޔަށް ދަނީ

17 ފެބްރުއަރީ 2025

ރިފޯމް އޮފީހުގެ މަސައްކަތްތަކާއި އަދި ޕެންޝަން ނިޒާމް ހަރުދަނާކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރައްވާފައިވާ މަސައްކަތްތައް ދިރާސާކުރުން

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA