އިޖްތިމާޢީ ކޮމިޓީ

އިޖްތިމާޢީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

17 މާރިޗު 2025 12:00 ނަންބަރު M20/M/IJ/2025/07

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

އެގޮތުން، އެންމެފަހު ބައްދަލުވުމުގައި ދިރާސާކުރައްވާފައިވާ މާއްދާއިން ފެށިގެން ބިލާމެދު މަޝްވަރާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

އަދި، ބިލުގެ މަޝްވަރާތަކުގެ ތެރޭގައި، ބިލުގެ 50-4 ވަނަ ނަންބަރުގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން ހުށަހަޅުއްވާފައިވާ ޚިޔާލާ އެއްގޮތަށް އެ މާއްދާ އިތުރުކުރެއްވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ހުށަހެޅުއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރެއްވިއެވެ. 

މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.

އަދި، މިއަދުގެ ބައްދަލުވުމުގައި މުޅި ބިލު ކޮމިޓީގައި ކިއުއްވާފައިވެއެވެ.

އެއަށްފަހު، ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުގައި އެޓަރނީ ޖެނަރަލްގެ ލަފާފުޅު ހޯއްދެވުމަށް ފޮނުއްވުމަށް ނިންމަވާފައިވާ ސިޓީއަށް ބިލުން ފާހަގަކުރެއްވުނު އިތުރު 2 ކަމެއް އިތުރުކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ހުށަހެޅުއްވިއެވެ. އެއީ، ބިލުގެ 81 ވަނަ މާއްދާއިން "ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިތުރުކުރުމަށް ހުށަހަޅާފައިވާ 51-5 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރަންވާނީ އާބިޓްރޭޝަނުންކަމުގައި ބަޔާންކޮށްފައިވާ މާއްދާއާ ގުޅިގެން އޮޅުންއަރާ ކަންކަން ސާފުކުރެއްވުމަށާއި ބިލުގެ 10 ވަނަ މާއްދާގައި ކުޅިވަރު ޙަރަކާތްތައް ހިންގާ އެސޯސިއޭޝަންތަކާއި ކްލަބުތަކާއި އެކަޑަމީތައް ރަޖިސްޓަރީކުރުމާ ގުޅިގެން ބަޔާންކޮށްފައިވާ މާއްދާއާ ގުޅިގެން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯދުމަށެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިޢުތިރާޟު ކުރައްވާފައިނުވާތީ، ކޮމިޓީން މިގޮތަށް ޤާނޫނީ ލަފަޔަށް އެދުމަށް ނިންމެވިއެވެ. 



ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 ނޮވެމްބަރު 2024

ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA