އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
17 މާރިޗު 2025 11:30 ނަންބަރު M20/M/EC/2025/3
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކާއި، ކައުންސިލުން ދޫކޮށްފައިވާ ގޯތިތަކާއި ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރި ބިންތަކަށް ބޭނުންވާ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ރަށުގައި އަޅާފައިވާ ނެޓްވަރކުގެ މަސައްކަތް ކުރިން މަޢުލޫމާތު ދީފައިވާގޮތަށް ކުރިއަށްނުދާތީ ހުށަހަޅާފައިވާ މައްސަލައެވެ.
އެގޮތުން އެ މައްސަލައިގައި ތ. ވިލުފުށީ ކައުންސިލުން ފޮނުއްވާފައިވާ ސިޓީގައިވާ ކަންކަން މެންބަރުންނާ ހިއްސާކުރެއްވުމަށްފަހު މުގައްރިރު މެންބަރުންގެ ޚިޔާލަށް ހުޅުވާލެއްވިއެވެ. އެގޮތުން، ތ. ވިލުފުށީގެ ކަރަންޓު ގްރިޑް ނެޓްވޯރކް އެކްސްޓެންޝަންގެ ޢަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށް ތ. ވިލުފުށީ ކައުންސިލުން ބަޔާންކޮށްފައިވާތީ، އެ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ލިޔުމުން ހޯދުމަށް އެ ކޮމިޓީން އެ މައްސަލައާ ގުޅިގެން މީގެ ކުރިން ބައްދަލުކޮށްފައިވާ ހުރިހާ މުއައްސަސާތަކަށް ސިޓީ ފޮނުވުމަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރެއްވިއެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. އަދި އެ މުއައްސަސާތަކުން މަޢުލޫމާތު ހޯދުމަށް ސިޓީ ފޮނުވުމަށް ސެކެޓްރީއޭޓަށް ދެންނެވިއެވެ.
ދެވަނަ ކަމަކަށް ކޮމިޓީގައި ކުރިއަށް ގެންދެވީ، ޔޫ އެންޑް މީ ރިސޯޓުން ގިރިއަކަށް ކުނި އަޅާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެވެ. އެގޮތުން އެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާ މެދު ކުރެއްވި މަޝްވަރާތަކަށްފަހު، އެ މައްސަލަ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސަމާލުކަމަށް ގެނައުމަށްފަހު، އެ މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަކީ ހިނގާ ކަމެއްތޯ ބެލުމަށް، އެ ރިސޯޓަށް ކޮމިޓީން ޒިޔާރަތްކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވައި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދު ތާއީދުކުރެއްވިއެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޤުލަބިއްޔަތުން މި ހުށަހެޅުން ވެސް ފާސްވިއެވެ.
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
ސަލާމް
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
17 މާރިޗު 2025
ތ. ވިލުފުށީގެ ފެނާ ނަރުދަމާ އަދި ކަރަންޓުގެ ނެޓްވޯކް އެކްސްޓެންޑްކުރުމުގެ މަސައްކަތް ކުރިން މަޢުލޫމާތުދީފައިވާ ގޮތަށް ފެށިފައިނުވާ މައްސަލަ
ކުރިޔަށް ދަނީ
17 މާރިޗު 2025
ރިސޯޓަކުން ގިރިއެއް ކައިރިއަށް މޫދަށް ކުނި އަޅާ މައްސަލަ
ކުރިޔަށް ދަނީ
12 އޯގަސްޓު 2024
ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA