މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
17 މާރިޗު 2025 11:00 ނަންބަރު M20/M/MM/2025/10
މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ފަޒީންއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ފަރާތާ ބައްދަލުކުރުމެވެ. އެފަދައިން ތާވަލުކުރި ނަމަވެސް، އެ ބޭފުޅާގެ އިސްތިއުފާގެ ސިޓީ ފޮނުއްވުމަށްފަހު، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ފޮނުއްވާފައިވާ ކަމަށް ފާހަގަކުރައްވާފައިވާތީ، އެ މައްސަލަ ފައިލްކުރުމަށް ކޮމިޓީން ނިންމެވިއެވެ.
ދެވަނަ ކަމަކަށް މިއަދު ކުރިއަށްގެންދެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެވެ. އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތުން އެ މަޤާމުން އިސްތިއުފާދެއްވާފައިވާ ސިޓީ ކޮމިޓީއަށް ލިބިފައިވާތީ، އެ މައްސަލަ ވެސް ފައިލުކުރުމަށް ކޮމިޓީން ނިންމެވިއެވެ.
އެއަށްފަހު، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ސިޓީގެ މައްސަލައިގައި، އެއީ އެ ސިޓީގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ ވެބްސައިޓުންނާއި އެ މުއައްސަސާތަކުން އެ ފަރާތަށް ލިބެންހުރި މަޢުލޫމާތަށްވުމުން، އެގޮތަށް އެ ފަރާތަށް ދެންނެވުމަށް ކޮމިޓީ ނިންމެވިއެވެ.
6 ނޮވެމްބަރު 2024
ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA