މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

18 މާރިޗު 2025 11:00 ނަންބަރު M20/M/ML/2025/13

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޕްރޮކިއުމަންޓް އުސޫލުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހޯދާފައިވާ މުދަލާއި ޚިދުމަތާގުޅޭ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ކްރެޑިޓަށް މުދަލާއި ޚިދުމަތް ހޯއްދެވުން ޢާންމުވެފައިވާކަން ކޮމިޓީއަށް ލިބިފައިވާ މަޢުލޫމާތުތަކުން ހާމަވާތީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ކްރެޑިޓްއަށް މުދަލާއި ޚިދުމަތް ހޯއްދެވުމުގައި ޢަމަލުކުރަންވީ ގޮތުގެ ސިޔާސަތެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އެކުލަވާލައްވައި، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވޭނެ ގޮތުގެ ޓައިމްލައިނެއް ކޮމިޓީއަށް ފޮނުއްވައިދެއްވުމަށް އެ މިނިސްޓްރީގައި ދެންނެވުމަށް ނިންމެވިއެވެ.

މީގެ އިތުރުން، ޕްރޮކިއުމަންޓް އުސޫލުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހޯދާފައިވާ މުދަލާއި ޚިދުމަތާގުޅޭ މަޢުލޫމާތު ކޮމިޓީން ދިރާސާކުރާނެގޮތެއް ސްޓަޑީކުރުމަށް އިތުރު ވަގުތު ދިނުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިޢުތިރާޒްނުކުރައްވާތީ، އެގޮތަށް ނިންމެވިއެވެ.


އެއަށްފަހު، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ބިމުގައި ދެ ބުރީގެ ޢިމާރާތެއް އެޅުމަށް ކޮށްފައިވާ ޚަރަދުތަކާގުޅޭ އެސެސްމެންޓްގެ ރިޕޯޓު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ސަލާމް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 ނޮވެމްބަރު 2024

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކާފައިނުވާ ފައިސާއާއި، އެ ފައިސާ ހޯދުމަށް އެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތް

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA