މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ - 02 (ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ހޮއްވެވި)
18 މާރިޗު 2025 12:15 ނަންބަރު M20/M/ML-Sub2/2025/03
މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް) ގެ ޚާއްސަ އޮޑިޓް ރިޕޯޓު ދިރާސާކޮށް އެކުލަވާލާފައިވާ ޑްރާފްޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޑްރާފްޓް ރިޕޯޓުގައި އިތުރަށް ހިމަނާނެ ބައިތަކާއި، މައްސަލައާ ގުޅޭގޮތުން އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އަދި ކޮމިޓީ ރިޕޯޓު ފައިނަލް ކުރުމުގެ ކުރިން، މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމާއި، ކޮމިޓީގެ ހުށަހެޅުންތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އެޓަރނީ ޖެނެރަލް އަދި ޕްރޮސިކިއުޓަރ ޖެނެރަލްއާ މަޝްވަރާކުރެއްވުމަށް، އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
10 ފެބްރުއަރީ 2025
ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓް ރިޕޯޓް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA