ޢާންމު ކޮމިޓީ
17 މާރިޗު 2025 14:00 ނަންބަރު M20/M/AM/2025/5
މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަދި އެ މާއްދާގެ (އ) އަށް އިޞްލާޙު ގެނައުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ތިރީގައި އެވަނީއެވެ.
1. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
180. (ރ) މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ، އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމައި ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން، ބަންދު ދުވަސްތައް ހިމެނޭ ގޮތުން، 3 (ތިނެއް) ދުވަސް ދިނުމަށްފަހުގައެވެ.
2. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
180. (އ) މި ގަވާއިދުގައި، މަޢުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ޙާލަތްތަކުގައި، މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މަޢުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ، އެ ކަމަކަށް އެދޭ ތާރީޚުން ފެށިގެން، ބަންދު ދުވަސްތައް ހިމެނޭ ގޮތުން، 3 (ތިނެއް) ދުވަސް ދިނުމަށްފަހުގައެވެ.
އެގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މި އިޞްލާޙާމެދު މަޝްވަރާކުރެއްވިއިރު، އެ އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްވެގެން ދިއުމަށް މަގުފަހިވާނެކަމަށާއި، މުހިންމު ނިންމުންތައް ނިންމުން އަވަސްވެގެންދާނެކަމަށް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ފާހަގަކުރެއްވިއެވެ. އަދި ކޮމިޓީތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށާއި، ކޮމިޓީތަކަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުގައި ކުރިން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރުމުން ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީކުރަންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ޓްރާންސްޕޭރެންސީ އިތުރުވާނެކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަދި އެ މާއްދާގެ (އ) އަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅުއްވާފައިވާ އިޞްލާޙު، އެ އިޞްލާޙު ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފެންނަކަމަށް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވައި އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ތާއީދުކުރެއްވިއެވެ.
ވީމާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަދި އެ މާއްދާގެ (އ) އަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅުއްވާފައިވާ އިޞްލާޙު، އެ އިޞްލާޙު ހުށަހަޅުއްވާފައިވާ ގޮތަށް ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.
މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ސަލާމް
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ދުވާފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
މުޙައްމަދު ޢަލީ
ދުވާފަރު ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
17 މާރިޗު 2025
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަދި އެ މާއްދާގެ (އ) އިޞްލާހުކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA