ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
9 އޭޕްރީލު 2025 11:00 ނަންބަރު M20/M/KG/2025/14
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 7 އެޕްރީލް 2025 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، ރިޕަބްލިކް އޮފް އަޒަރބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.
އެގޮތުން، ވިލިނގިލި ދާއިރާ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ތާއީދުކުރެއްވީ، އެ މައްސަލަ ނިންމަވާނެ ސުންގަޑިއަކީ 10 އެޕްރީލް 2025 ކަމުގައި ހަމަޖެއްސެވުމަށެވެ. އަދި ރިޕަބްލިކް އޮފް އަޒަރބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، ގ.ކަނޑިތޮޅިއާގެ، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަކީ މިހާރުވެސް ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށްވާތީ، އަލުން ކުށުގެ ރިކޯޑު ސާފުކުރެއްވުމާއި އަދި އިންޓަރވިއު ކުރެއްވުމަށް ނުފެންނަކަމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
އަޙްމަދުދީދީ
މަރަދޫ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
7 އޭޕްރީލު 2025
ރިޕަބްލިކް އޮފް އަޒަރބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA