ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

14 އޭޕްރީލު 2025 11:15 ނަންބަރު M20/M/KG/2025/16

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 14 އެޕްރީލް 2025 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ ތިރީގައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

·        ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު، ގ.ޕެންޒީމާގެ 1، އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު، ކިންގްޑަމް އޮފް ސްވިޑަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށާއި،

·        ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު، މ.ތުޅާގިރި، އަލްފާޟިލް މަސްޢޫދު ޢިމާދު، ރިޕަބްލިކް އޮފް ސީޝެލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށާއި، އަދި

·        ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، މ.ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު، ރިޕަބްލިކް އޮފް އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

އެގޮތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހެޅުއްވައި، މައްޗަންގޮޅި އުތުރު ދާއިރާ މެންބަރު އިބްރާހީމް މުޙައްމަދު ތާއީދުކުރެއްވީ، އެ މައްސަލަ ނިންމަވާނެ ސުންގަޑިއަކީ 20 އެޕްރީލް 2025 ކަމުގައި ހަމަޖެއްސެވުމަށެވެ. އަދި ކިންގްޑަމް އޮފް ސްވިޑަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްކަމުގައިވާ، ގ.ޕެންޒީމާގެ 1، އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރުއަކީ، މިހާރު ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމަށްވާތީއާއި، ރިޕަބްލިކް އޮފް ސީޝެލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްކަމުގައިވާ، މ.ތުޅާގިރި، އަލްފާޟިލް މަސްޢޫދު ޢިމާދުއަކީ، މިހާރު ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމަށްވާތީއާއި، ރިޕަބްލިކް އޮފް އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްކަމުގައިވާ، މ.ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދުއަކީ، މިހާރު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަމަށްވާތީ، އެފަރާތްތަކުގެ ކުށުގެ ރިކޯޑު އަލުން ސާފުކުރެއްވުމާއި އަދި އިންޓަރވިއު ކުރެއްވުމަށް ނުފެންނަކަމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ކޮމިޓީގެ ރިޔާސަތު

އިބްރާހީމް މުޙައްމަދު

މައްޗަންގޮޅި އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ފެންނަކަމަށް

އަޙްމަދުދީދީ

މަރަދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ހާޒިރުވެނެތް

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ފެންނަކަމަށް

ޢާޒިމް ޢަބްދުލްޢަޒީޒް

ވިލިނގިލި ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
9
ވޯޓުދިން މެންބަރުން
9
ހާޒިރުވެތިބި މެންބަރުން
10
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
10
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ފެންނަކަމަށް
9
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
9
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 އޭޕްރީލު 2025

ސްވިޑަން، ސީޝެލްސް އަދި އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA