އިމްތިޔާޒާއި ސުލޫކު ކޮމިޓީ

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2025 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

15 އޭޕްރީލު 2025 12:30 ނަންބަރު M20/M/IS/2025/3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 15/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ މަޢުލޫމާތު ފޮނުވާފައިނުވާކަމަށާއި، މި ޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް ތަބާނުވުމުގެ ޢަމަލެއްކަމަށް ބަޔާންކުރައްވައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ދެ ހުށަހެޅުމަށް ކޮމިޓީއަށް ހުށަހެޅުނެވެ.

1.      މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދެއްވާފައިވާ ޖަވާބު އެ މެންބަރަށް ދެންނެވުމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވައި، މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤު ތާޢީދުކުރެއްވިއެވެ.

2.      ސިޓީތަކުގެ ޖަވާބުދެއްވުމުގައި ލަސްވާ ސަބަބާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ތާޢީދުކުރެއްވިއެވެ. 


އެގޮތުން، ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީގެ އަޣްލަބިއްޔަތުން އެ ހުށަހެޅުން ފާސްވިއެވެ. އެހެންކަމުން، ބަޔާންކުރައްވާފައިވާ ސިޓީއަށް 11 ފެބުރުވަރީ 2025 ގައި ޖަވާބު ދެއްވާފައިވާނެކަމަށާއި، އެ މަޢުލޫމާތު ފޮނުވުމުގައި ލަސްވެފައިވަނީ ސަބަބު އަދި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އިތުރަށް ސަމާލުކަންދީގެން މަސައްކަތް ބައްޓަންކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީން މަޢުލޫމާތު ދެއްވާފައިވާކަމަށް އެ މެންބަރަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގެ ހާޒިރީ

ޙުސައިން ޝަރީފު

ހުޅުމާލެ އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ނާޞިޙް

މެދުހެންވޭރު ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

އާދަމް ޝަފީޤު

މަކުނުދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން މުފީދު ޢަބްދުލްޤާދިރު

މިލަންދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޒާހިރު

މަޑުއްވަރި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަސްލަމް

ބިލެތްދޫ ދާއިރާ

ވަޑައިގެންނެވި

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝަމީޒް

މަޑަވެލި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޙުސައިން ޝަރީފު

ހުޅުމާލެ އުތުރު ދާއިރާ

ވަކިގޮތަކަށް ވޯޓުނުދޭ

ޙުސައިން ނާޞިޙް

މެދުހެންވޭރު ދާއިރާ

ފެންނަކަމަށް

އާދަމް ޝަފީޤު

މަކުނުދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙަސަން މުފީދު ޢަބްދުލްޤާދިރު

މިލަންދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އަޙްމަދު ޒާހިރު

މަޑުއްވަރި ދާއިރާ

ފެންނަކަމަށް

އަޙްމަދު އަސްލަމް

ބިލެތްދޫ ދާއިރާ

ފެންނަކަމަށް

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ނުފެންނަކަމަށް

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު ޝަމީޒް

މަޑަވެލި ދާއިރާ

ފެންނަކަމަށް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ނުފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
10
ހާޒިރުވެތިބި މެންބަރުން
11
ނުފެންނަކަމަށް
3
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
10
ވަކިގޮތަކަށް ވޯޓުނުދޭ
1
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
11
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
10
ފެންނަކަމަށް
6
ނުފެންނަކަމަށް
3
ވަކިގޮތަކަށް ވޯޓުނުދޭ
1
ވޯޓުދިން މެންބަރުން
10
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ފެބްރުއަރީ 2025

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ މަޢުލޫމާތު ފޮނުވާފައިނުވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    11
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA