ޢާންމު ކޮމިޓީ

ޢާންމު ކޮމިޓީގެ 2025 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

16 އޭޕްރީލު 2025 12:00 ނަންބަރު M20/M/AM/2025/6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމެވެ.


އެގޮތުން އެންމެ ފުރަތަމަ ކުރިޔަށް ގެންދެވީ، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ކަނޑައަޅުއްވާފައިވާ ހެލްތް އިންޝުއަރެންސް ސްކީމުގައި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މަންމަ އާއި ބައްޕަ ހިމަނައްވައިދެއްވުން އެދި، އަދި ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ފޯރުކޮށްދެވޭ ވީ.އައި.ޕީ ޚިދުމަތުގައި މައިންބަފައިންނާއި ދަރިންވެސް ހިމަނައްވައިދެއްވުމަށް އެދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. މިގޮތުން، މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދޭ އިންޝުއަރެންސްގެ ޚިދުމަތަކީ ޤާނޫނަކުން ފޯރުކޮށްދޭ ޚިދުމަތަކަށްވެފައި، އެ ޤާނޫނުގައި ދައުލަތުން އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި މައިންބަފައިން ނުހިމެނޭކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޯރުކޮށްދޭ އިންޝުއަރެންސް ޕެކޭޖުގައި މެންބަރުންނަށް މެންބަރުން އަމިއްލަފުޅަށް އިންޝުއަރެންސް ޕްރިމިއަމް އެއްފަހަރާ ދެއްކުމުން މައިންބަފައިން ހިމަނުއްވައިދެއްވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިކަން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް އަށް އެންގުމަށް ކޮމިޓީން ނިންމެވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ފޯރުކޮށްދެވޭ ވީ.އައި.ޕީ ޚިދުމަތުގައި މައިންބަފައިންނާއި ދަރިންވެސް ހިމަނައްވައިދެއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް އެދިލައްވާފައިވާތީ އެކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ފޯރުކޮށްދެވޭ ވީ.އައި.ޕީގެ ޚިދުމަތް މިހާރުވެސް އެ ފަރާތްތަކަށް ލިބޭކަމަށް ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ.


އެއަށްފަހު ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުން ޝާމިލްކޮށްދެއްވުމަށް ނުވަތަ ފަންނީ އެހީތެރިކަން ރައްޔިތުންގެ މަޖިލީހުން ބޭރުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި، މަޖިލީހުގެ ގަވާއިދުގެ މަތިން މި ކަންތައް ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ސިޓީ ދިރާސާކުރެއްވުމެވެ. މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، މިކަމަކީ ޤާނޫނީ ގޮތުން ކުރެވޭނެކަމެއް ނޫންކަމަށާއި، އެހެންނަމަވެސް މިފަދަ މައްސަލައެއް ބަލަމުންދާ ކޮމިޓީއެއްގެ ބައްދަލުވުމަށް، އަންހެން މެންބަރުން ހިމެނުމަށް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެ މެންބަރަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ އެހީތެރިކަން ރައްޔިތުންގެ މަޖިލީހުން ބޭރުން ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަން ކުރެވޭނެ ފުރުޞަތުވެސް ކޮމިޓީތަކަށް ލިބިގެންވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.

 

ބައްދަލުވުމުގެ ހާޒިރީ

ޙުސައިން އިމްރާން ލަޠީފް

ހެންވޭރު ދެކުނު ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު

އަލިފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ދުވާފަރު ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޙަންނާން އަބޫބަކުރު

ތުޅާދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ރިޟާ އާދަމް

މާފުށި ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 އޮކްޓޯބަރު 2024

ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    11
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA