މާލިއްޔަތު ކޮމިޓީ
21 އޭޕްރީލު 2025 09:30 ނަންބަރު M20/M/ML/2025/17
މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން ލިބިދޭ ޕެންޝަން ޢިނާޔަތުގެ ބޭރުން ފޯރުކޮށްދޭ އެހެނިހެން ރިޓަޔަރމަންޓް ޢިނާޔަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.
އެގޮތުން، ޕެންޝަން ޤާނޫނުގެ ބޭރުން ހިންގާ ސްކީމުތަކާ ގުޅިގެން، އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، ތަފާތު ކުރުން ބޮޑު ނިޒާމެއް އުފެދިފައި އޮތުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި، ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް އުފައްދާފައި އޮތް އިރު އޭގެ ބޭރުން އެއްވެސް ކޮންޓްރިބިއުޝަނަކާ ނުލައި ހިންގާ ސްކީމުގެ ސަބަބުން، ޕެންޝަން ޤާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވަން ބޭނުންވާ މީހުން މަދުވާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕެންޝަން ޤާނޫނު ވުޖޫދަށް އައިތާ 15 އަހަރުވީ އިރު، އެ ސްކީމުގެ ބޭރުން ވަކި ވަކި މުއައްސަސާތަކުން ހިންގާ ސްކީމުތަކުން ދޭ ފައިދާތައް އުވާލާ އިރު، ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި މެދުމިނުގެ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށްވެސް އެ އޮފީހުން ފާހަގަކުރެއްވިއެވެ.
ޕެންޝަނަކީ ރިޓަޔާކުރުމުން ލިބޭ އެއްޗަކަށް ވާއިރު، ބައެއް މީހުން ސިވިލް ސާވިސްއިން ރިޓަޔާވުމަށްފަހު ސިވިލް ސާވިސް ނޫން އެހެން މުއައްސަސާތަކުގައި ވެސް މަސައްކަތްކުރައްވާކަމަށާއި، އެއީ އެއްވެސް ހާލެއްގައި ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި، ގާނޫނުގެ ތެރެއިން އެކަމަށް ހައްލެއް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ސިވިލް ސަރވިސް ކޮމިޝަނުން ކޮމިޓީއާ ޙިއްޞާކުރެއްވި މަޢުލޫމާތުގެ އަލީގައި، ވަކި ވަކި އިދާރާތަކުން ޕެންޝަން ސްކީމުތައް ހިންގުމުގެ ބަދަލުގައި އެ ހުރިހާ ބާރެއް ޕެންޝަން ޤާނޫނުގެ ތެރެއިން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ހަވާލުކުރުމަށް، ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ރާވާނެ ގޮތުގެ ޓައިމްލައިނެއް ޙިއްޞާކުރުމަށް ކޮމިޓީން އެދިވަޑައިގެންނެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
17 ފެބްރުއަރީ 2025
ރިފޯމް އޮފީހުގެ މަސައްކަތްތަކާއި އަދި ޕެންޝަން ނިޒާމް ހަރުދަނާކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރައްވާފައިވާ މަސައްކަތްތައް ދިރާސާކުރުން
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA