އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

23 އޭޕްރީލު 2025 09:30 ނަންބަރު M20/M/IQ/2025/6

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ޓޫރިސްޓް ރިޒޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ޑީސެންޓްކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް، މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ވަޒީފާގެ މާޙަލުގައި މުވައްޒަފުން ހިފަހައްޓަންޖެހޭ ގްރޫމިންގ މިންގަނޑުތަކާއި، އެދުންއެޅުމުގައި ޢަމަލުކުރަންޖެހޭ އަސާސީ އުސޫލެއް ނުވަތަ ގަވާއިދެއް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެއްވޭނެތޯއާއި، އެފަދަ އުސޫލެއް ނުވަތަ ގަވާއިދެއް އެކުލަވާލެއްވުމުގައި ކުރިމަތިވެދާނެ ޤާނޫނީ ގޮންޖެހުންތަކާއި ހުރަސްތަކާމެދު މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަކުރުމަށް ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅައި ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

 

ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކާޑެއްދޫ އެއަރޕޯޓަކީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ގިނަ މަންފާތަކެއް ލިބޭނެ އަދި އެއަރޕޯޓަކުން އުފެދުންތެރި މަސައްކަތްތަކެއް ކުރެވި އާމްދަނީ އިތުރުކުރެވިގެންދާނެ ފަދަ ތަނަކަށް ހެދެން އޮތް ތަނެއް ކަމުގައި ވީނަމަވެސް، އެ އެއަރޕޯޓު ހިންގާ ފަރާތުން އެ އެއަރޕޯޓު ތަރައްޤީކޮށްފައިނުވާކަމަށާއި، އެއަރޕޯޓްގެ މެއިންޓެނަންސް މަސައްކަތް އެންމެ އެކަށީގެންވާ މިންވަރަށް ކޮށްފައިނުވާކަމަށާއި، އެއަރޕޯޓުގެ ޢިމާރާތުގެ ފެންވަރާއި އެ އެއަރޕޯޓުން ދެމުންދާ ޚިދުމަތްތައް އެންމެ އެކަށީގެންވާގޮތަށް ލިބެމުންނުދާތީ، އިޤްތިޞާދީ ގޮތުން ލިބެންޖެހޭ ނަފާ އެންމެ ރަނގަޅަށް ލިބެމުންނުދާކަމަށް ފާހަގަކުރައްވައި އެކަން ބައްލަވައިދިނުން އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، ކާޑެއްދޫ އެއަރޕޯޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވައި، އެ އެއަރޕޯޓުން އެ ސަރަޙައްދަށް އިޤްތިޞާދީ ގޮތުން ލިބެންޖެހޭ ނަފާ އެންމެ ރަނގަޅަށް ލިއްބައިދެއްވުމަށް މި މައްސަލައާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވައި، މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ދެންނެވުމަށް ހޯރަފުށި ދާއިރާ މެންބަރު ޢަލީ މޫސާ، ހުށަހަޅައި ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

 

ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ޓޫރިސްޓް ފެސިލިޓީތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރުން ލާޒިމްކޮށް، އޮކްޓޫބަރު 1 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާގުޅިގެން، މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށާއި، ޓުއަރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުން ދެނެގަތުމަށްޓަކައި، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ޢާންމުކޮށް ހުޅުވާލައިގެން، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން އެ ފަރާތްތަކުގެ އަޑު އެހުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދެއްވުން އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މައްސަލަ ހުށަހެޅުއްވިފަހުން ޤާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާބެހޭ ޤާނޫނު) އަށް 1 ޖަނަވަރީ 2025 ގައި ޢަމަލުކުރަން ފަށާފައިވުމުން ހުށަހަޅާފައިވާ މައްސަލަ ހައްލުވެފައިވާތީ މައްސަލަ ހުށަހެޅުއްވި މެންބަރަށް ޖަވާބު އެރުވުމަށް ނިންމެވިއެވެ.

 

ހަތަރުވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 8 ޑިސެންބަރު 2005 ގައި ސޮއިކޮށްފައިވާ ގދ. ހޯނޑެއްދޫގެ ބިމާއި އެ ބިމާ އިންވެގެން ހިއްކާ ސަރަޙައްދު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ ބޮޑު ބިމެއް ކުއްޔަށް ނަގާފައިވާކަމަށާއި، އެ ބިމުގެ ކުލި ރިވައިޒް ކޮށްދިނުމަށް ކަމާގުޅޭ މިނިސްޓްރީތަކަށް އެކިފަހަރު މަތިން ދެންނެވިފައިވީނަމަވެސް، އެ މައްސަލައަށް ހައްލެއް ލިބިފައިނުވާކަމަށް ބަޔާންކޮށް ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލުން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިމައްސަލައިގައި ކޮމިޓީން ސާފުކޮށްފައިވާ މަޢުލޫމާތަށް ބަލައި، ގދ. ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރުމަށް ދޫކޮށްފައިވާ ބިމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއަށް ރަޖިސްޓަރީކޮށްފައިވާ ބިމެއްކަމަށާއި، އެ ބިމުގެ ކުއްޔާގުޅޭގޮތުން ނިންމުންތައް ނިންމޭނީ އެ މިނިސްޓްރީއަށްކަމަށާއި، ކުލި ރިވައިސްކުރުމުގެ މަޝްވަރާތައް އެ މިނިސްޓްރީން ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރިއަށް ގެންދަވާކަން ފާހަގަކޮށް ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލަށް ޖަވާބު އެރުވުމަށް ނިންމެވިއެވެ.

 

ފަސްވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހި ދައުލަތުގެ މުދާ ބިދޭސީންގެ އަތްމައްޗަށް ދޫކުރަމުންދާތީއާއި، ދިވެހިރާއްޖޭގެ ދިދަ ހަރުކޮށްފައިވާ ކާރުތައް ސަރުކާރުގެ ވެރިން ބިދޭސީންނާ ޙަވާލުކޮށްފައިވާތީއާއި، އެ ކާރުތައް ބިދޭސީންގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރަމުންދާތީއާއި، ދިވެހިންނަށް ލިބެން ހުންނަ ވަޒީފާތައް ބިދޭސީންނަށް ދެމުންދާތީ އެކަން ޙައްލުކޮށްދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މައްސަލައާގުޅޭ ގޮތުން ކޮމިޓީން ސާފުކޮށްފައިވާ މަޢުލޫމާތަށް ބިނާކޮށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ޖަވާބު ދިނުމަށް ނިންމެވިއެވެ.

 

ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ޓެކްސީ ފްލީޓެއް ތައާރަފްކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާ އެކުގައި ބައްދަލުކުރުމަށް ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅައި ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

 

މި ބައްދަލުވުމުގައި ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ރަސްމީ

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ސަލާމް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ހާޒިރުވެނެތް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ހާޒިރުވެނެތް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
6
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
6
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ހާޒިރުވެނެތް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ހާޒިރުވެނެތް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
6
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
6
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ހާޒިރުވެނެތް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ހާޒިރުވެނެތް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

10 ފެބްރުއަރީ 2025

ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު

ކުރިޔަށް ދަނީ

14 ނޮވެމްބަރު 2024

ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާގުޅިގެން ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 ނޮވެމްބަރު 2024

ކާޑެއްދޫ އެއަރޕޯޓު މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

22 އޮކްޓޯބަރު 2024

ހުވަދު އަތޮޅު ދެކުނުބުރީ ހޯޑެއްދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

1 އޯގަސްޓު 2024

ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމުމާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA