ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2025 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

28 އޭޕްރީލު 2025 11:00 ނަންބަރު M20/M/SM/2025/04

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ގެންދާ "އެކްސްޕެޓް ސިސްޓަމް" މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރައްވައިގެން، ފެބްރުވަރީ 2025 ގައި އާ ސިސްޓަމް މެދުވެރިކޮށް ޚިދުމަތްދެއްވަން ފައްޓަވާނެކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުން އެދި ޔޫނިއަން ފޯރ އެމްޕްލޯއިމަންޓް އެޖެންސީސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ހުށަހެޅިފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ ކަންތައްތައްކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 127 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބެލުމުގެ އިޚްތިޞާސް ލިބިފައިވާ ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީކަމުން އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ދާއިރާގެ މަސައްކަތްތަކެއް މި ކޮމިޓީއަށް ނުބެލޭނެކަން ބަޔާންކޮށްފައިވެއެ. މަތީގައި ބަޔާންކޮށްފައިވާ ކަންކަމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހުޅުވާލި ފުރުޞަތުގައި މި މައްސަލައަކީ މި ކޮމިޓީގެ މެންޑޭޓުގެ ތެރެއިން ބެލިދާނެ މައްސަލައެއްކަން ނުވަތަ ނޫންކަން ބެއްލެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށާއި، އަދި މައްސަލަ ހުށަހަޅުއްވާފައިވާ ޔޫނިއަން ފޯރ އެމްޕްލޯއިމަންޓް އެޖެންސީސް އޮފް ދަ މޯލްޑިވްސް ގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ތާއީދުކުރެއްވިއެވެ.މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.



ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ބައްދަލުކުރައްވައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުންނާއި އަދި އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން އެކުލަވާލާފައިވާ ޕޮލިސީތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަކިގޮތެއް ނުނިންމަނީސް މިއަދުގެ ބައްދަލުވުން ވަނީ ނިންމަވާ ލައްވާފައެވެ.


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ރަސްމީ

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ސަލާމް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ރަސްމީ

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ހާޒިރުވެނެތް

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ފެންނަކަމަށް

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ހާޒިރުވެނެތް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހާޒިރުވެނެތް

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
6
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
6
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 ފެބްރުއަރީ 2025

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ވެެހިކަލް ރަޖިސްޓްރީކުރުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

2 ސެޕްޓެމްބަރު 2024

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    06
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    02
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA