ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
29 އޭޕްރީލު 2025 11:00 ނަންބަރު M20/M/SM/2025/05
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ބައްދަލުކުރައްވައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުންނާއި އަދި އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން އެކުލަވާލާފައިވާ ޕޮލިސީތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި 2 ހުށަހެޅުމެއް ވަނީ ހުށަހެޅިފައެވެ. އެއީ؛
1. 13 އެޕްރީލް 2025 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 34-R/2025 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާ އަށް ގެންނަވާފައިވާ އިޞްލާހުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާތީ، ހުށަހެޅިފައިވާ މައްސަލަ މަޑުޖައްސާލުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅުއްވިއެވެ. (މިހުށަހެޅުމަށް އެއްވެސް މެންބަރެއް ތާއީދުކުރައްވާފައި ނުވާތީ މި ހުށަހެޅުމަށް ވޯޓަށް އައްސަވާފައި ނުވެއެވެ.)
2. 13 އެޕްރީލް 2025 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 34-R/2025 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާ އަށް ގެންނަވާފައިވާ އިޞްލާހުންނާއި އަދި އެ މައްސަލައާގުޅިގެން އެ މިނިސްޓްރީން މި ކޮމިޓީއާ ހިއްޞާކޮށްފައިވާ މަޢުލޫމާތައް ރިޢާޔަތްކުރާއިރު، މާލެ ސިޓީއަށް އުޅަނދުތައް ރަޖިސްޓަރީ ކުރުމުގައި ދިމާވެފައިވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ބެލެވޭތީވެ، އެ މައްސަލަ ނިންމާލުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުގަޑީގެ މަސައްކަތަށް ދެވޭ ފައިސާގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކާއި އަދި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރާއި ހާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި، ހިއުމަން ރިސޯސް އޮޑިޓެއް ހެދުމަށާއި، އިތުރު ގަޑީގައި މަސައްކަތްކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އަދި މިނޫނަސް، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވަމުންދާ އެކިއެކި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލައެވެ. މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅިގެން ކަމާގުޅުން ހުރި އިދާރާތަކުން ލިޔުމުން މަޢުލޫމާތު ހޯއްދެވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ފަހު ކަމަކަށް ކުރިއަށް ގެންދެވީ ފަތުރުވެރިން ހަރަކާތްތެރިވާ ސަރަޙައްދުތަކުގައި ނުރައްކާތެރި ހާދިސާތައް ދިމާވަމުންދާކަމަށާއި، ޚާއްޞަކޮށް ޙިމާޔަތް ކުރެވިފައިވާ "މެރިން ޕާކް" ތަކުގައި އެފަދަ ހާދިސާތައް ދިމާވަމުންދާކަން ބަޔާންކުރައްވައި، އެ ސަރަޙައްދުތައް ޙިމާޔަތް ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯއްދެވޭނެ ގޮތްތަކަކީ ކޮބައިކަން ބަލައި، އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާއި "ސައުތުއަރި މެރިން ޕްރޮޓެކްޓިވް އޭރިޔާ" (SAMPA) ސަރަޙައްދު ބެލެހެއްޓެވުމުގެ ޒިންމާ ހަވާލުކުރައްވާފައިވާ ފަރާތްކަމުގައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީން އެ ސަރަޙައްދު ބެލެހެއްޓެވުމަށް އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، އެކަން އެންމެ ފުރިހަމައަށް ހިގަމުން ނުދާތީވެ، އެ ސަރަޙައްދު ބެލެހެއްޓެވުމުގެ ކަންކަން އަވަސްކޮށްދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލައެވެ. މި މައްސަލަތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހޯއްދަވާފައިވާ މަޢުލޫމާތައް ރިޢާޔަތްކޮށް މައްސަލަ ހުށަހަޅުއްވާފައިވާ މެންބަރަށް ޖަވާބު ސިޓީއެއް ފޮނުވުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ރަސްމީ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
21 އޭޕްރީލު 2025
ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯވަރޓައިމް ފައިސާ ދިނުމާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
16 ފެބްރުއަރީ 2025
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ވެެހިކަލް ރަޖިސްޓްރީކުރުމާ ގުޅޭ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
11 ފެބްރުއަރީ 2025
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ސައުތުއަރި މެރިން ޕްރޮޓެކްޓިވް އޭރިޔާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
14 ޖެނުއަރީ 2025
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މެރިން ޕާކް މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA