އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2025 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

5 މޭ 2025 12:00 ނަންބަރު M20/M/EC/2025/5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކާއި، ކައުންސިލުން ދޫކޮށްފައިވާ ގޯތިތަކާއި ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރި ބިންތަކަށް ބޭނުންވާ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ރަށުގައި އަޅާފައިވާ ނެޓްވަރކުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެށޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން އެ މައްސަލައިގެ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދި، ކަމާ ގުޅޭ މުއައްސަސާތަކަށް ކޮމިޓީން ފޮނުވާފައިވާ ސިޓީތަކަށް ޖަވާބު ދެއްވި މުއައްސަސާތަކުން ދެއްވި ޖަވާބުތައް ކޮމިޓީން ދިރާސާކޮށް، އެ ސިޓީތަކުގައިވާ މަޢުލޫމާތަށް ރިއާޔަތްކޮށް، އެ ކައުންސިލަށް ސިޓީއަކުން ޖަވާބުދިނުމަށް ނިންމެވިއެވެ. ކޮމިޓީން މަޢުލޫމާތު ހޯދުމަށް ސިޓީ ފޮނުވި މުއައްސަސާތަކުގެތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޖަވާބު ކޮމިޓީ ފެށުމާ ހަމައަށް ލިބިފައެއް ނުވެއެވެ.

ދެން، އެއަށްފަހު ކުރިއަށްގެންދެވީ، ޔޫ އެންޑް މީ ރިސޯޓުން ގިރިއަކަށް ކުނި އަޅާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް، ކޮމިޓީން އެ ރިސޯޓަށް ޒިޔާރަތްކުރުމަށް ކުރިން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، އެ ރިސޯޓަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން އެ ރިސޯޓަށް ސިޓީއެއް ފޮނުވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ.

އެއަށްފަހު މިއަދުގެ ކޮމިޓީން ނިންމި ނިންމުންތަކާމެދު އެއްވެސް މެންބަރެއްގެ އިޢުތިރާޒެއް އޮތް ތޯ އެހުމަށްފަހު، އެއްވެސް މެންބަރަކު އިޢުތިރާޒު ނުކުރައްވާތީ، އެ ގޮތަށް ނިންމެވިއެވެ.  


ބައްދަލުވުމުގެ ހާޒިރީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ރަސްމީ

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ސަލާމް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 މާރިޗު 2025

ރިސޯޓަކުން ގިރިއެއް ކައިރިއަށް މޫދަށް ކުނި އަޅާ މައްސަލަ

ކުރިޔަށް ދަނީ

17 މާރިޗު 2025

ތ. ވިލުފުށީގެ ފެނާ ނަރުދަމާ އަދި ކަރަންޓުގެ ނެޓްވޯކް އެކްސްޓެންޑްކުރުމުގެ މަސައްކަތް ކުރިން މަޢުލޫމާތުދީފައިވާ ގޮތަށް ފެށިފައިނުވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA