ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ހޮއްވެވި ވަގުތީ ކޮމިޓީ

20 ވަނަ މަޖިލީހުގެ ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ 2 ވަނަ ބައްދަލުވުން

6 މޭ 2025 10:00 ނަންބަރު M20/M/VC-1/2025/2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ބިލާ ގުޅިގެން ކަސްޓަމްސްގެ ފަރާތުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ބިލުގެ ވަކިވަކި މާއްދާތަކާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް ކޮމިޓީއާ ހިއްސާކުރައްވާފައިވެއެވެ. އަދި، އެ ޚިޔާލުތަކާ ގުޅިގެން ކޮމިޓީގެ މެންބަރުން ކުރެއްވެވި ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. އަދި މީގެ އިތުރުން، ޙަވާލާދީފައިވާ ބިލު ޤާނޫނަކަށް ވެގެންދިއުމުން، ޤާނޫނު ތަންފީޒުކުރުމުގައި އެ ބޭފުޅުންނަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ކޮމިޓީއާ ހިއްސާކުރައްވާފައިވެއެވެ.


މިއަދުގެ ބައްދަލުވުމުގައި ދެން ކޮމިޓީން ކުރިއަށްގެންދެވީ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ މާއްދާތައް ވަކިވަކިން ކިޔުއްވައި، އެ މާއްދާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.



ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ވަޑައިގެންނެވި

މުންތަޡިމް އިބްރާހީމް

ކާށިދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޙަމީދު

ކުޑަހުވަދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 އޭޕްރީލު 2025

ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA