މާލިއްޔަތު ކޮމިޓީ
7 މޭ 2025 09:30 ނަންބަރު M20/M/ML/2025/21
މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ފަރާތެއް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގ.ސިލްވަރުގެއާގެ/ކ.މާލެ އަލްފާޟިލާ ޢާއިޝަތު އަސްނާ ޙަމްދީގެ ކިބައިގައި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވުނު 3 މުވައްޒަފުންގެ ޕެނަލުން ނިންމާފައިވާކަމަށް އިޢުލާންކުރެއްވުމުން އެ ބޭފުޅާއާ އިންޓަވިއުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީން ނިންމެވުމާ ގުޅިގެން، އެ ފަރާތާ އިންޓަރވިއުކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ސުވާލުކުރުމުގެ މަރުޙަލާ ނިމުމުން، އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެފަރާތަށް އެވްރެޖްކޮށް %91.71 (ނުވަދިހަ އެކެއް ޕޮއިންޓް ހަތެއް އެކެއް އިންސައްތަ) މާކްސް ލިބިފައިވާތީ، އެ މިންގަނޑުގައި ބަޔާންކޮށްފައިވާ އެވްރެޖް 75% (ހަތްދިހަފަހެއް އިންސައްތަ) އިން ފެށިގެން މަތިން މާކްސް އެފަރާތަށް ލިބިފައިވެއެވެ.
ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ފަރާތެއް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގ.ސިލްވަރުގެއާގެ/ކ.މާލެ އަލްފާޟިލާ ޢާއިޝަތު އަސްނާ ޙަމްދީއަށް އެވްރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) އިން ފެށިގެން މަތިން މާކްސް ލިބިފައިވާތީ، އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޤާބިލު ފަރާތެއްކަމުގައި ކޮމިޓީން ކަނޑައަޅައި، އެފަރާތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރުމަށް ރުހުންދިނުމަށް ފެންނަކަމަށް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވި ހުށަހެޅުން އިއްތިފާޤުން ފާސްވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ރަސްމީ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
30 އޭޕްރީލު 2025
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA