ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީގެ 2025 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

28 އޭޕްރީލު 2025 11:00 ނަންބަރު M20/M/GV/2025/03

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކުގެ މުއްދަތް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޖަދުވަލުގައި ހިމެނޭ ގަވާއިދުތަކުގެ ތެރެއިން އެ ގަވާއިދުތަކުގެ ބެލެނިވެރި ޤާނޫނު ހެދިފައިވާ 6 ގަވާއިދެއް އުނިކުރުމަށާއި، ޖަދުވަލުގައި ހުރި އެހެން ގަވާއިދުތަކުގެ މުއްދަތް 30 އެޕްރީލް 2026 ގެ ނިޔަލަށް އިތުރުކުރުމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

އުނިކުރަން ނިންމާފައިވާ ގަވާއިދުތައް:

1.     ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު

2.     ކާބޯތަކެތީގެ ޚިދުމަތްދޭތަންތަނާއިބެހޭ އާއްމު ގަވާއިދު

3.     ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު

4.     މާލޭ ޕްލޭނިންގ ގަވާއިދު

5.     ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު

6.     ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދު

މުއްދަތް އިތުރުކުރަން ނިންމާފައިވާ ގަވާއިދުތައް:

ޖަދުވަލު 1

1.     އިންޝުއަރަންސް އިންޑަސްޓްރީ ރެގިއުލޭޝަންސް

2.     ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދު

3.     ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު

ޖަދުވަލު 2

1.     އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު

 

(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ).


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ރަސްމީ

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ސަލާމް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ސަލާމް

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިނުގަންނަވާ

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ސަލާމް

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ހާޒިރުވެނެތް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ހާޒިރުވެނެތް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
6
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
6
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 އޭޕްރީލު 2025

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ (23.04.2025)

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    06
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    03
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA