ޢާންމު ކޮމިޓީ
7 މޭ 2025 11:30 ނަންބަރު M20/M/AM/2025/8
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ 11 ފެބުރުވަރީ 2025 ގައި ބޭއްވެވި 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ.
އެކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، އެ އިޞްލާޙު އިތުރަށް ދިރާސާކުރުމަށް ވަގުތުދިނުމުގެ ގޮތުން، ހުށަހެޅިފައިވާ އިޞްލާޙާމެދު ފަހުގެ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށް ނިންމެވުނެވެ.
11 ފެބްރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 81 ވަނަ މާއްދާގެ (ނ) އަދި 85 ވަނަ މާއްދާގެ (ހ) އިޞްލާހުކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA