މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

7 މޭ 2025 09:35 ނަންބަރު M20/M/MM/2025/17

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކުރީ ދުވަހު އިންޓަވިއު ނުކުރެވި ތިއްބެވި ފަރާތްތަކާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިންޓަރވިއުކުރުމެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާރކްސް ދެއްވެވިއެވެ.

ލިސްޓުގެ އެންމެ ފަހު ކެންޑިޑޭޓެއްގެ ގޮތުގައި އޮތް އަލްފާޟިލާ ފާޠިމަތު ޒަޢީމާ އަދި ލިސްޓްގެ 6 ވަނައިގައި އޮތް އަލްފާޟިލް އަލްފާޟިލް އަޙްމަދު ޒާހިރު އިންޓަރވިއުއަށް ވަޑައިނުގެންނެވޭނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޯނުން ގުޅައި އަންގާފައިވާތީ، އެ ބޭފުޅުން ފިޔަވާ ލިސްޓުގައިވާ އެހެން ހުރިހާ ބޭފުޅުންނާ އިންޓަރވިއުކޮށް ނިންމެވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ރިޟާ އާދަމް

މާފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ސިނާން

ހިތަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ކޮލަމާފުށި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 އޭޕްރީލު 2025

ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA