މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

12 މޭ 2025 10:00 ނަންބަރު M20/M/ML/2025/22

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ރިޕޯޓު ދިރާސާކުރުމަށް މެންބަރުންނަށް ވަގުތުދެއްވުމަށްފަހު އެހެން ބައްދަލުވުމެއްގައި އެ ރިޕޯޓު އެޖެންޑާކުރުމަށް ނިންމެވިއެވެ.


އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރުގެ ހަތަރުވަނަ ތިންމަހުގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓާއި، 2025 އަހަރުގެ ފުރަތަމަ ކުއަރޓަރ ނިމުނުއިރު ދައުލަތަށް ނަގާފައިވާ ލޯނާއި، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޫކޮށްފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުގެ ތަފްޞީލު (ކުއަޓަރލީ ޑެޓް ބުލެޓިން - ފުރަތަމަ ކުއަރޓަރ 2025) މެންބަރުންނާ ހިއްސާކުރެއްވިއެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޑް (އެސް.އެފް.ޑީ)، އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޯޕެކް ފަންޑް)، ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) އަދި އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޑް (އޭ.ޑީ.އެފް.ޑީ) އިން ފަންޑް ކޮށްގެން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް" އަށް ބޭނުންވާ އެޑިޝަނަލް ފައިނޭންސިން ހޯދުމަށް އެސް.އެފް.ޑީއާއި ދިވެހި ސަރުކާރާ ދެމެދު 14 އެޕްރީލް 2025 ގައި ސޮއިކޮށްފައިވާ 63.75 މިލިއަން ސައުދީ ރިއާލް ލޯނު އެގްރީމަންޓުގެ މަޢުލޫމާތު މެންބަރުންނާ ހިއްސާކުރެއްވިއެވެ.

 

މީގެ އިތުރުން، ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ދި ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ރަށު ކައުންސިލުން ކުއްޔަށް ދޫކުރި މައްސަލައިގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ރަށު ކައުންސިލުން ކޮށްފައިވާކަން ފާހަގަކުރައްވައި، ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަ (މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުއްވާފައިވާ މައްސަލަ) އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭ މަޢުލޫމާތު، އެ ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދުމަށް ނިންމެވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގައި ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

 

އެއަށްފަހު އެހެނިހެން ކަންކަމުގެ ތެރެއިން، އަންނަނިވި 2 މައްސަލަ ހުށަހުޅުނެވެ.


1.     ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ތަރައްޤީކުރަމުން ގެންދާ ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރައްވައި، މައްސަލަ ދިރާސާކުރަން ފެންނަކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙްމަދު ޝަމްހީދު ހުށަހެޅުއްވިއެވެ.


2.     އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރައްވާ ލޯކަލް ކައުންސިލްތަކުގެ އޮޑިޓްތަކުގައި، އެ ކައުންސިލްތަކުގެ އިހްތިޞާސްގައި ހިމެނޭ ބިމާއި ފަޅުރަށް އަދި ފިނޮޅު ފަދަ ތަންތަން، އަމިއްލަ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށްދޫކުރުމުގަޔާއި ވިއްކުމުގައި ކައުންސިލްތަކުން ޢަމަލުކުރައްވާފައިވާގޮތާއި، އެ ތަންތަން ކުއްޔަށްދޫކޮށްގެންނާއި ވިއްކައިގެން ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންތައްތައް ގެންގޮސްފައިވާގޮތް އޮޑިޓްކުރައްވައި، އެ މަޢުލޫމާތުތައް އޮޑިޓް ރިޕޯޓުތަކުގައި ހިމަނުއްވައިދެއްވުމަށް އޮޑިޓަރ ޖެނެރަލަށް ދެންނެވުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވައި، ކޮމިޓީގައި ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

 


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ރަސްމީ

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ހާޒިރުވެނެތް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހާޒިރުވެނެތް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ހާޒިރުވެނެތް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހާޒިރުވެނެތް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

8 މޭ 2025

އެކްސްޕޭޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް އަށް ބޭނުންވާ އެޑިޝަނަލް ފައިނޭންސިންގ ހޯދުމަށް އެސް.އެފް.ޑީ އާއެކު ސޮއިކޮށްފައިވާ 63,750,000 ސައުދީ ރިއާލްގެ ލޯނުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

7 މޭ 2025

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރުގެ ހަތަރުވަނަ ތިންމަހުގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

5 މޭ 2025

ކުއަޓަރލީ ޑެޓް ބުލެޓިން - އެއްވަނަ ކުއަރޓަރ 2025

ކޮމެޓީ މަސައްކަތް ނިމިފައި

5 މޭ 2025

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ކުރިޔަށް ދަނީ

30 އޭޕްރީލު 2025

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ދި ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ރަށު ކައުންސިލުން ކުއްޔަށް ދޫކުރި މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA