ޢާންމު ކޮމިޓީ
13 މޭ 2025 21:00 ނަންބަރު M20/M/AM/2025/9
މިއަދުގެ ބައްދަލުވުމުގައި ފުރަތަމް މަޝްވަރާކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ޖުޑީޝިއަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓާމެދު މަޖިލީހުގައި ކުރޭވޭ ބަހުސްގެ ވަގުތު ކަނޑައެޅުމާ ގުޅޭގޮތުންނެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މި ރިޕޯޓާ މެދު މަޖިލީހުގައި ކުރެވޭ ބަހުސްގެ ދިގުމިނަކީ 1 (އެކެއް) ގަޑިއިރު ކަމަށާއި، އެ 1 (އެކެއް) ގަޑިއިރުގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން މެންބަރުންނަށް ދެއްވުމަށް، ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.
ދެން ކުރިޔަށްގެންދެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ޖުޑީޝިއަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓާމެދު މަޖިލީހުގައި ކުރޭވޭ ބަހުސްގެ ވަގުތު ކަނޑައެޅުމާ ގުޅޭގޮތުންނެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މި ރިޕޯޓާ މެދު މަޖިލީހުގައި ކުރެވޭ ބަހުސްގެ ދިގުމިނަކީ 1 (އެކެއް) ގަޑިއިރު ކަމަށާއި، އެ 1 (އެކެއް) ގަޑިއިރުގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން މެންބަރުންނަށް ދެއްވުމަށް، ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަލީ
ދުވާފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
13 މޭ 2025
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ޖުޑީޝިއަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓާމެދު މަޖިލީހުގައި ކުރޭވޭ ބަހުސްގެ ވަގުތު ކަނޑައެޅުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA