ޖުޑީޝިއަރީ ކޮމިޓީ
2 ޖޫން 2025 11:09 ނަންބަރު M20/M/JD/2025/26
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމުގެ މަސައްކަތްކުރުމެވެ.
އެގޮތުން، މި މައްސަލަ ކުރިއަށް ގެންދާނެގޮތަކާ ގުޅޭގޮތުން ދެ ހުށަހެޅުމެއް ކޮމިޓީއަށް ހުށަހެޅުނެވެ.
ފުރަތަމަ ހުށަހެޅުމަކީ، މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްޓަކައި އެކަށީގެންވާ ވަގުތެއް ދިނުމަށްފަހު، ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަށް މާބޮޑު ދިރާސާއެއްކުރުމެއްނެތި، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމައި މަޖިލީހަށް ފޮނުވުމަށެވެ. މި ހުށަހެޅުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވިއެވެ. އެހެންނަމަވެސް، ފުރަތަމަ ހުށަހަޅުއްވާ ތާއީދު ލިބިފައިވާ ހުށަހެޅުއްވުން ފާސްވެފައިވާތީ، ދެވަނަ ހުށަހެޅުއްވުމަށް ވޯޓަށް އައްސަވާފައިވެއެވެ.
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޒާހިރު
މަޑުއްވަރި ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޒާހިރު
މަޑުއްވަރި ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
2 ޖޫން 2025
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA