ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން.

2 ޖޫން 2025 13:54 ނަންބަރު M20/M/KG/2025/12

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި 02.06.2025 ގައި ބޭއްވެވި 2025 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ތާއީދުކުރެއްވީ، އެ މައްސަލަތަކުގެ ތެރެއިން، ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މ.ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާ، ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 4 ޖޫން 2025 ހަމަޖެއްސެވުމަށާއި، އަދި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ.އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމް އަޔަރލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާއި، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މ.ގީލާވިލާ، އަލްފާޟިލާ ޤީލާ ޢަލީ، ޔޫކްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ނިންމަވާނެ ސުންގަޑިއަކީ 16 ޖޫން 2025 ކަމުގައި ހަމަޖެއްސެވުމަށެވެ. އަދި އެ މައްސަލަތަކަކީ، ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްކަމުގައިވާ، މ.ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާއަކީ، މިހާރު ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމަށްވާތީއާއި، އަޔަރލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްކަމުގައިވާ، ހ.އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމްއަކީ، މިހާރު އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމަށްވާތީއާއި، ޔޫކްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްކަމުގައިވާ، މ.ގީލާވިލާ، އަލްފާޟިލާ ޤީލާ ޢަލީއަކީ، މިހާރު ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމަށްވާތީ، އެފަރާތްތަކުގެ ކުށުގެ ރިކޯޑު އަލުން ސާފުކުރެއްވުމާއި އަދި އިންޓަރވިއު ކުރެއްވުމަށް ނުފެންނަކަމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.


ބައްދަލުވުމުގެ ހާޒިރީ

އިބްރާހީމް މުޙައްމަދު

މައްޗަންގޮޅި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިނުގަންނަވާ

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ވަޑައިގެންނެވި

އަޙްމަދުދީދީ

މަރަދޫ ދާއިރާ

ރަސްމީ

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިނުގަންނަވާ

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

ޢާޒިމް ޢަބްދުލްޢަޒީޒް

ވިލިނގިލި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

އެހެން ކޮމިޓީއެއްގައި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ކޮމިޓީގެ ރިޔާސަތު

އިބްރާހީމް މުޙައްމަދު

މައްޗަންގޮޅި އުތުރު ދާއިރާ

ފެންނަކަމަށް

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ފެންނަކަމަށް

އަޙްމަދުދީދީ

މަރަދޫ ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ހާޒިރުވެނެތް

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ފެންނަކަމަށް

ޢާޒިމް ޢަބްދުލްޢަޒީޒް

ވިލިނގިލި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 ޖޫން 2025

ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

2 ޖޫން 2025

އަޔަރލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

2 ޖޫން 2025

ޔޫކްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    01
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA