މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

15 ޖޫން 2025 10:30 ނަންބަރު M20/M/ML/2025/23

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޝަނުގެ މެންބަރުން މަޤާމުގެ މުއްދަތު ހަމަކުރެއްވުމަށްފަހު ނުވަތަ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ވަކިވެވަޑައިގަންނަވާއިރު، ދައުލަތަށް ޚިދުމަތް ކުރެއްވި މުއްދަތަށް ބަލާ ދައުލަތުގެ ދާއިމީ ވަޒީފާ އަދާކުރެއްވުމަށްފަހު ވަޒީފާއިން ވަކިވާ ފަރާތްތަކަށް ޕެންޝަން ދޭ އުސޫލުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އުމުރުން 55 އަހަރުވެފައިވާ މެންބަރުންނާއި އުމުރުން 65 އަހަރުވެފައިވާ މެންބަރުންނަށް ވަޒީފާއިން ވަކިވެވަޑައިގަންނަވާއިރު ޢިނާޔަތްތައް ދެވޭނެ ގޮތުގެ ލަފާފުޅަކަށް އެދި އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން ލިބިދޭ ޕެންޝަން ޢިނާޔަތުގެ ބޭރުންދެވޭ މާލީ ޢިނާޔަތްތަކާގުޅޭ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުންގެންދާކަމަށާއި، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމެވުމުން ހުށަހެޅިފައިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް އެ ކޮމިޝަނަށް ދެންނެވުމަށް ނިންމެވިއެވެ.


އެއަށްފަހު، ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ދި ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމުގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އެ ކައުންސިލުން ކޮށްފައިވާކަން ފާހަގަކޮށް ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދާފައިވާ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުތަކުގެ ދަށުން މައްސަލަ ތަޙުޤީޤުކޮށް އެ މައްސަލައިގައި އެއްވެސް ފަރާތަކުން އިހުމާލުވެފައިވާނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީއަށް ދެންނެވުމަށާއި، އެ މައްސަލައާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ ތަޙްޤީޤް ނިންމެވުމަށްފަހު އެކަމާ ގުޅޭ ރިޕޯޓު ކޮމިޓީއަށް ފޮނުވުމަށް އެ ކޮމިޝަނުގައި ދެންނެވުމަށް ނިންމެވިއެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ރިޕޯޓުގެ ސަމަރީއެއް ހަދައި، އެ ރިޕޯޓު އިތުރަށް ދިރާސާކުރުމަށް ނިންމެވިއެވެ.


އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓްކުރައްވައި ކޭ.ޕީ.އެމް.ޖީއިން ފޮނުއްވާފައިވާ ރިޕޯޓްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، "ރިޕޯޓު އޮން ދަ ރިވިއު އޮފް އެނުއަލް ޕަރފޯމަންސް ރިޕޯޓު" އާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ނިންމެވިއެވެ.


ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު ޢަމަލުކުރަމުންދާ "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" އިޞްލާޙްކޮށް، އެ ގަވާއިދުގައިވާ ޢިނާޔަތްތައް ދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދި އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު، ދެން ބާއްވާ ކޮމިޓީ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ނިންމެވިއެވެ.


ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުތައް ނިންމުން ލަސްވެފައިވާތީ، ސަރުކާރުން ކަރަންޓަށްކުރާ ހޭދަ ކުޑަކުރުމަށާއި ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރާ ބައިނަލްއަޤަވާމީ އެހީދޭ ފަރާތްތަކާ ގުޅިގެން ހިންގާ މަޝްރޫޢުތަކަށް ބުރޫއަރަމުންދާތީ، އެ އޮޑިޓް ރިޕޯޓުތައް ވީހާވެސް އަވަހަށް ނިންމަވައިދެއްވުން އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަށް ފޮނުއްވައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކޮޕީ ކޮށްފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު، އެ އޮޑިޓްތައް ނިންމުން ލަސްވެފައިވާ ސަބަބު ސާފުކުރެއްވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.


އެއަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެކި ފަރާތްތަކަށް ވިޔަފާރިކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުގެ ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެމުންނުދާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ކޮމިޓީއިން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 ޖޫން 2025

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު ޢަމަލުކުރަމުންދާ "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" އިޞްލާޙްކޮށް، އެ ގަވާއިދުގައިވާ ޢިނާޔަތްތައް ދިނުމާމެދު މަޖިލީހަުގެ ލަފާއަކަށް އެދިފައިވާ

ކޮމެޓީ މަސައްކަތް ނިމިފައި

2 ޖޫން 2025

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (މެނޭޖްމަންޓް ލެޓަރ އަދި ޕަރފޯމަންސް ރިޕޯޓް) ކޭ.ޕީ.އެމް.ޖީން ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

26 މޭ 2025

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުތައް ނިންމުން ލަސްވެފައިވާ މައްސަލަ - މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

ކުރިޔަށް ދަނީ

14 މޭ 2025

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުން ވަޒީފާއިން ވަކިވެވަޑައިގަންނަވާއިރު ޢިނާޔަތްތައް ދެވޭނެ ގޮތުގެ ލަފާފުޅަކަށް އެދި ފޮނއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

5 މޭ 2025

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ކުރިޔަށް ދަނީ

30 އޭޕްރީލު 2025

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ދި ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ރަށު ކައުންސިލުން ކުއްޔަށް ދޫކުރި މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

6 ނޮވެމްބަރު 2024

ވިޔަފާރި ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުގެ ކުލި ދައްކަމުންނުގެންދާ ފަރާތްތަކުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA