އިޖްތިމާޢީ ކޮމިޓީ

އިޖްތިމާޢީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

23 ޖޫން 2025 11:00 ނަންބަރު M20/M/IJ/2025/14

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލާ ގުޅޭގޮތުން  މަޝްވަރާކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކުރައްވާފައިވާ ބިލުގެ ސޮފްޓް ކޮޕީއާއި ކޮމިޓީއަށް ހުށަހެޅުއްވި އަދި ދިރާސާކުރައްވަމުން ގެންދަވާ ބިލުގެ ހާޑް ކޮޕީގައި ގިނަ ފަރަގުތަކެއް ހުރިކަމާއި، އެކަމުގެ ސަބަބުން، އެ ބިލު ދިރާސާކޮށް ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ކޮމިޓީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ.

ބިލުގައި ތަފާތުތަކެއް ހުރުމަށް ދިމާވި ސަބަބު އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވައިގެން ސާފުކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވެއެވެ. އަދި މި ހުށަހެޅުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.


ދެން ކުރިއަށް ގެންދެވީ ކޮމީޓިއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެވުމުގެ މަސައްކަތެވެ.

އެގޮތުން، ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޢަމަލުކޮށްފައިވާގޮތާ ގުޅިގެން އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވަނީ އެ މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް 26 ފެބުރުވަރީ 2025 ގައި ފޮނުއްވި ސިޓީއަށް އެ ފަރާތުން ޖަވާބު ދެއްވާފައި ނުވާތީ އެ މައްސަލަ އިތުރު ކުރިއަށްގެންދެވޭނެ ތަނެއް ނެތަތީ މައްސަލަ ފައިލްކުރުމަށެވެ. މި ހުށަހެޅުއްވުމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.


ދެން މަޝްވަރާކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފާއިތުވެދިޔަ އަހަރުތަކުގައި ރިވައިވަލް ސްޕޯޓްސް ކްލަބާއި ކްލަބުގެ ކުޅުންތެރިންނާ މެދު ކަންތައްކޮށްފައިވަނީ އިންސާފުވެރިކަމާއެކު ނޫން ކަމަށާއި، ކްލަބުގެ ކުޅުންތެރިންގެ ކުރިއެރުމަށް ހުރަސްއަޅާ، ކްލަބުގެ ކުޅުންތެރިންނަށް ލިބެންޖެހޭ ފައިސާއަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހިޔާނާތްތެރިވެފައިވާ ކަމާއި، އެ ކޮރަޕްޝަނުގެ އަމަލުތައް ބައްލަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވަނީ އެ މައްސަލައާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ސިޓީއެއް ފޮނުވުމަށެވެ. މި ހުށަހެޅުއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.


އެއަށްފަހު ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ހުށަހަޅުއްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ތާއީދުކުރައްވާފައިވަނީ އެ މައްސަލައިގެ ކޮރަޕްޝަންގެ ބައި ތަޙުޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށް މައްސަލަ ހުށަހެޅި ފަރާތަށް ސިޓީއަކުން ދެންނެވުމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.


ދެން މަޝްވަރާކުރެއްވީ ވޭޕް މަނާކުރުމަށް ޓަކައި ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމީޓީން ކުރެއްވި އިރު، ކޮމިޓީއަށް ލިބިފައިވާ ޢާންމު ތިން ފަރާތެއްގެ ސިޓީއާ ގުޅޭގޮތުންނެވެ. އެ ސިޓީތަކުގައި އެ ފަރާތްތަކުން ކޮމިޓީއާ ބައްދަލުކުރަން އެދިފައިވެއެވެ. އެ ސިޓީތަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވަނީ ބިލު ފާސްކޮށް ނިންމާފައިވާތީ މިހާރު އެ ފަރާތްތަކާ ބައްދަލުކުރެއްވިކަމުގައި ވީނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ އެގޮތަށް އެ ފަރާތްތަކަށް ޖަވާބު ދިނުމަށެވެ. މި ހުށަހެޅުއްވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.


ދެން މަޝްވަރާކުރައްވާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުން ކުރި އޮޕަރޭޝަނަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ބަދަލުވެފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. މި މައްސަލައާ ގުޅޭގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވަނީ މައްސަލަ ހުށަހެޅުއްވި ފަރާތާ ކޮމިޓީން ބައްދަލުކުރައްވައި، މައްސަލައާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށެވެ. މި ހުށަހެޅުއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.


އާންމުކޮށް ބޭނުންކުރާ ބޭސްތައް ލިބުމުގައި ދިމާވެފައިވަ ދަތިތަކާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓޭޑްއާއި އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށާއި، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުއްވުމަށް ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލް ތާއީދުކުރައްވާފައިވެއެވެ.މި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


މި ބައްދަލުވުމުގައި ނެގި ވޯޓުތަކުގެ ތަފުޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

10 ޖޫން 2025

އެންޑޯ އެޑްވޮކޭޓްސް ސަޕޯޓް ގްރޫޕުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުން އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

12 މޭ 2025

އާންމުކޮށް ބޭނުންކުރާ ބޭސްތައް ލިބުމުގައި ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވުން އެދި އާންމު ފަރާތަކުން ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

4 މާރިޗު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު

ކުރިޔަށް ދަނީ

26 ފެބްރުއަރީ 2025

ރައްޔިތުންނަށް ބޭނުންވާ މުހިއްމު ބޭސްފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދަ މެދުވެރިކޮށް ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުން އެދި އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީ

ކުރިޔަށް ދަނީ

14 ފެބްރުއަރީ 2025

ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

30 ޖެނުއަރީ 2025

ސިއްޙީ ޚިދުމަތްތައް ލިބިގަތުމުގައި ޢާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

12 ޑިސެމްބަރު 2024

ވޭޕް ކުރުން މަނާކުރަން ހުށަހަޅާފައިވާ ބިލު އަލުން މުރާޖަޢާކުރުމަށް އެދި އަމިއްލަ ފަރާތަކުން ފޮނުވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 ޑިސެމްބަރު 2024

ވޭޕް މާނާކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްސާކުރެއްމަށްޓަކައި ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

13 ނޮވެމްބަރު 2024

ވޭޕް މާނާކުރުމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް ޙިއްސާކުރެއްމަށްޓަކައި ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2024

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

20 އޯގަސްޓު 2024

ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ޢަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން އާންމު ފަރާތަކުން ފޮނުވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA