އިޤްތިޞާދީ ކޮމިޓީ
23 ޖޫން 2025 13:00 ނަންބަރު M20/M/IQ/2025/10
މިބައްދަލުވުމުގައި ޓޫރިސްޓް ރިޒޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން ބުރުގާ އެޅުމަށާއި، ޑީސެންޓްކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭގޮތުން ވަޒީފާގެ މާޙަލުގައި މުވައްޒަފުން ހިފަހައްޓަންޖެހޭ ގްރޫމިންގ މިންގަނޑުތަކާއި، ހެދުންއެޅުމުގައި ޢަމަލުކުރަންޖެހޭ އަސާސީ އުސޫލެއް ނުވަތަ ގަވާއިދެއް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެއްވޭނެތޯއާއި، އެފަދަ އުސޫލެއް ނުވަތަ ގަވާއިދެއް އެކުލަވާލެއްވުމުގައި ކުރިމަތިވެދާނެ ޤާނޫނީ ގޮންޖެހުންތަކާއި ހުރަސްތަކާމެދު މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، ވަޒީފާގެ މާޙަލުގައި މުވައްޒަފުން ހިފަހައްޓަންޖެހޭ ގްރޫމިންގ މިންގަނޑުތަކާއި، ހެދުންއެޅުމުގައި ޢަމަލުކުރަންޖެހޭ އަސާސީ އުސޫލެއް ނުވަތަ ގަވާއިދެއް ހެދުމުގެ ބާރު ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އިން ލިބިދީފައިނުވާކަމަށާއި، ވަކި ސެކްޓަރ އަކަށް ޚާއްޞަކޮށް ހެދުންއެޅުމުގައި ޢަމަލުކުރަންޖެހޭ އަސާސީ އުސޫލެއް ނުވަތަ ގަވާއިދެއް އެކުލަވާނުލެވޭނެކަމަށާއި، ގަވާއިދެއް އެކުލަވާލާނަމަ، އެކުލަވާލަންވާނީ ހުރިހާ ސެކްޓަރތައް ހިމެނޭގޮތަށްކަމަށާއި، އެފަދަ ގަވާއިދެއް އެކުލަވާލެވޭނީ ޤާނޫނުން ބާރުލިބިގެންކަމަށް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ރަސްމީ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
10 ފެބްރުއަރީ 2025
ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA