މާލިއްޔަތު ކޮމިޓީ
23 ޖޫން 2025 09:30 ނަންބަރު M20/M/ML/2025/25
މިއަދުގެ ބައްދަލުވުމުގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ކޮމިޓީއާ ހިއްސާކުރެއްވިއެވެ.
ކައުންސިލްތަކަށް ކޮންމެ އަހަރަކު ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ ޢަދަދާއި ޚަރަދުކުރެވި ބާކީވެފައިވާ ފައިސާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ލާމަރުކަޒީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު" ގެ މަސައްކަތް އެ ކޮމިޓީން ކުރައްވަމުން ގެންދަވާއިރު، ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި މިހާރު ޢަމަލުކުރަމުންދާ އުސޫލާއި، ކައުންސިލްތަކުގެ ބަޖެޓުން އަހަރުން އަހަރަށް ބާކީވާ ފައިސާގެ މައްސަލައަށް ރިޢާޔަތްކުރުމަށާއި، އެކަންކަމަށް އެދެވޭ ޙައްލެއް ގެންނެވުމަށް މަސައްކަތްކޮށްދެއްވުމަށް ލާމަރުކަޒީ ކޮމިޓީއަށް ދެންނެވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާޢީދުކުރެއްވައި، ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަުރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.
އެއަށްފަހު، ތިރީގައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ ކަންކަމާގުޅޭ ލިޔެކިޔުންތައް ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ (ސަބް-ކޮމިޓީ 2) އަށް ފޮނުވުމަށް ނިންމެވިއެވެ.
1. ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ؛
2. ފުލުހުންގެ އިސްވެރިއެއްގެ ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވެ، ކަމާގުޅުންހުރި މުއައްސަސާތަކުން އެކަންތައް ތަޙްޤީޤްކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށްނުދާ މައްސަލަ؛
3. ހުޅުމާލޭގައި ފުލުހުންނަށް ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޑިއުޓީ މާފްކޮށް ގެނެސްފައިވާ މުދާތަކެއް ގެއްލިފައިވާ މައްސަލައެއް ޕޮލިހުން ތަހުޤީޤުކުރަމުން ދިޔަ ނަމަވެސް ތަހުޤީޤަށް ފުލުހުންގެ އިސްވެރިން އެއްބާރުލުން ނުދެއްވާ މައްސަލަ؛
4. ދިވެހި ފުލުހުންގެ ޚިދުމަތުން ބޮޑީ ވޯން ކެމެރާއާއި އެ ކެމެރާތަކާގުޅޭ އާލާތްތައް ހޯއްދެވުމަށް 2022 ވަނަ އަހަރު ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޓީން ހޯދާފައިވާ މަޢުލޫމާތު؛ އަދި
5. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭނުންތަކަށް މާޒީގެ ސަރުކާރުތަކުން ދޫކޮށްފައިވާ މާލެއަތޮޅު ފޭދޫ ފިނޮޅާއި، ޅ. އަތޮޅު މާބިންހުރާއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ކޮމިޓީއާ ހިއްސާކޮށްފައިވާ މަޢުލޫމާތު.
އޭގެ އިތުރުން، ލޯކަލް ކައުންސިލްތައް އޮޑިޓްކުރެއްވުމަށްފަހު އޮޑިޓަރ ޖެނެރަލް ނެރުއްވާ އޮޑިޓް ރިޕޯޓުތަކުގައި ކައުންސިލްތަކުގެ އިޚްތިޞާސްގައި ހިމެނޭ ބިމާއި ފަޅުރަށް އަދި ފިނޮޅު ފަދަ ތަންތަން، އަމިއްލަ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގައާއި ވިއްކުމުގައި ކައުންސިލްތަކުން ޢަމަލުކޮށްފައިވާގޮތް ހިމެނުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
17 ޖޫން 2025
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ އަހަރު ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
2 ޖޫން 2025
ހުޅުމާލޭގައި ފުލުހުންނަށް ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޑިއުޓީ މާފްކޮށް ގެނެސްފައިވާ މުދާތަކަށް ގެއްލިފައިވާ މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ އިސްވެރިން އެއްބާރުލުން ނުދެއްވާ މައްސަލަ
ކުރިޔަށް ދަނީ
11 މޭ 2025
ފުލުހުންގެ އިސްވެރިއެއްގެ ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ކުރިއަށްނުދާ މައްސަލަ
ކުރިޔަށް ދަނީ
11 މޭ 2025
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
10 މާރިޗު 2025
ކައުންސިލްތަކަށް ކޮންމެ އަހަރަކު ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ ޢަދަދާއި ޚަރަދުކުރެވި ބާކީވެފައިވާ ފައިސާގެ ޖުމްލަ ޢަދަދުތައް ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA