ލާމަރުކަޒީ ކޮމިޓީ
23 ޖޫން 2025 23:30 ނަންބަރު M20/M/LM/2025/12
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ ޤަރާރު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއެއް ކަމުގައި 15 އޮގަސްޓް 2025 ކަނޑައެޅުއްވުމަށާއި، ޤަރާރާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެއްވުމުގެ އިތުރުން އަދި ކަމާގުޅުންހުރި އިދާރާތަކުގެ ޚިޔާލު ހޯއްދެވުމަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް ދެއްވުމަށް ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، ދެން ކުރިއަށް ގެންދެވީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެދުމުގެމަތިން އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައި ވީނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ހދ. ހިރިމަރަދޫގައި ބޭއްވުމާ ގުޅޭގޮތުން މިހާތަނަށް ގޮތެއް ނިންމަވާފައި ނުވާތީއާއި، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރާއިރު ރަށު ކައުންސިލު އިންޚާބު ނިމިފައި އޮވެއްޖެނަމަ ކުރިމަތިވާނެ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް މަޢޫލޫމާތު ސާފުކުރެއްވުމަށް ސިޓީ ފޮނުއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ތާއިދުކުރެއްވިއެވެ.
މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ސަލާމް
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
އެހެން ކޮމިޓީއެއްގައި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
18 ޖޫން 2025
ލާމަރުކަޒީ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހަޅާފައިވާ ޤަރާރު.
ކުރިޔަށް ދަނީ
26 މޭ 2025
ހދ. ހިރިމަރަދޫ ރައްޔިތުން ހަދ.ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިވަތީ، މި މަސައްކަތް ލަސްވެއްޖެނަމަ ލޯކަލް ކައުންސިލް އިންތިޚާބަށް އަސަރުކޮށްފާނެކަމަށް ލަފާކުރެވޭތީ ހުށަހަޅުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA