މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

1 ޖުލައި 2025 14:17 ނަންބަރު M20/M/ML/2025/27

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުތައް ނިންމުން ލަސްވެފައިވާ މައްސަލައާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ސިޓީތަކާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ކޯޕަރޭޝަނުން އޮޑިޓް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދަވާކަމަށް ބަޔާންކުރައްވާފައިވާތީ، މައްސަލަ ފައިލްކުރުމަށް ނިންމެވިއެވެ.

 

އެއަށްފަހު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުންދާކަމަށް ބަޔާންކުރައްވައި ވިސްލްބްލޯވަރެއް ހުށަހެޅުއްވާފައިވާ މައްސަލައިގައި، އެ ސޮސައިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

 

މީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ އިސްވެރިއެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެހެން ބައްދަލުވުމެއްގައި މި މައްސަލަ އަލުން އެޖެންޑާކުރުމަށް ނިންމެވިއެވެ.

 

ޤާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާބެހޭ ޤާނޫނު) އާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު 220-TD/CIR/2020/05 ސަރކިއުލާއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ނަންބަރު 2024/R-12 ގަވާއިދާ ބައެއް ފުށުއެރުންތައް ހުރުމުގެ ސަބަބުން، ވިޔަފާރި ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ބަޔާންކުރައްވައި މިޝަން 2 މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މިޝަން 4 މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުއްވާފައިވާ ސިޓީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭ މަޢުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހޯދުމަށް ނިންމެވިއެވެ.

 

އެއަށްފަހު އެހެނިހެން ކަންތައްތަކުގެ ތެރެއިން، އަންނަނިވި ހުށަހެޅުންތައް ހުށަހަޅުއްވައި، އެ މަޢުލޫމާތު ހޯދުމަށް އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، ގުޅުންހުރި އިދާރާތަކުން އެ މަޢުލޫމާތުތައް ހޯދުމަށް ނިންމެވިއެވެ.

  1. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން، ކުލީގެ ގޮތުގައި އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް އެ ކުންފުންޏަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ތަފްޞީލު ހޯދުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާޢީދުކުރެއްވިއެވެ.
  2. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ދިވެހިރާއްޖެއަށް ތަޢާރަފުކުރެއްވި ގޮގޯރޯ ބްރޭންޑްގެ ބެޓަރީ ސައިކަލްތަކުގެ ޗާޖަރުގެ ގޮތުގައި، އެ ސައިކަލްތަކަށް ބޭނުންނުކުރެވޭ ޗާޖަރުތަކެއް ދިވެހިރާއްޖެއަށް ގެންނަވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަމުގެ މަޢުލޫމާތު ހޯދުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވިއެވެ.
  3. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި، ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެ ކުންފުނިން އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތަކާއި، އެ އެޕާޓްމަންޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ އެޕާޓްމަންޓްތައް ލިބިދެވޭނެގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް އެ ކުންފުނިން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހެޅުއްވިއެވެ.
  4. ސީލައިފްގެ މައްޗަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އުފުއްލެވި މަދަނީ ދަޢުވާ އަނބުރާ ނެންގެވުމާއި، އެ މައްސަލައިގައި އެ ކޯޕަރޭޝަނަށް މާލީ ގޮތުން އެއްވެސް ގެއްލުމެއްވެފައިވާނަމަ، އެކަމުގެ ތަފްޞީލާއި، ސީލައިފްއަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވިނަރެސް މަޝްރޫޢު އިން ފްލެޓް ދިނުމުގައި އެ ކުންފުނިން ގެންގުޅުއްވި އުސޫލު ދިރާސާކުރުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ސަލާމް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 ޖޫން 2025

ސީލައިފް ހައުސިންގ ޕްރޮޖެކްޓުން އެޗް.ޑީ.ސީއަށް މާލީ ގޮތުން ގެއްލުމެއްވެފައިވޭތޯއާއި، ސީލައިފްއަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވިނަރެސް މަޝްރޫޢު އިން ފްލެޓް ދިނުމުގެ އުސޫލު ދިރާސާކުރުމަށް

ކުރިޔަށް ދަނީ

30 ޖޫން 2025

ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އެ ކުންފުންޏަށް ދައްކަވަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކާ ފައިސާ ދިރާސާކުުރަން

ކުރިޔަށް ދަނީ

24 ޖޫން 2025

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ އިސްވެރިއެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ - ވިސްލްބްލޯވަރ

ކުރިޔަށް ދަނީ

24 ޖޫން 2025

ޤާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާބެހޭ ޤާނޫނު) އާއި، މީރާގެ ނަންބަރު ސަރކިއުލާއާއި، އެމް.އެމް.އޭ ގެ ނަންބަރު 2024/R-12 ގަވާއިދާ ބައެއް ފުށުއެރުންތައް ހުރިކަމަށް، މިޝަން 2

ކުރިޔަށް ދަނީ

24 ޖޫން 2025

ޤާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާބެހޭ ޤާނޫނު) އާއި، މީރާގެ ސަރކިއުލާއާއި، އެމް.އެމް.އޭ ގެ ނަންބަރު 2024/R-12 ގަވާއިދާ ބައެއް ފުށުއެރުންތައް ހުރިކަމަށް، މިޝަން 4

ކުރިޔަށް ދަނީ

26 މޭ 2025

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުތައް ނިންމުން ލަސްވެފައިވާ މައްސަލަ - މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

ކޮމެޓީ މަސައްކަތް ނިމިފައި

11 މޭ 2025

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުންދާކަމަށް ބަޔާންކޮށް ހުށަހެޅިފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA