ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީގެ 2025 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

24 ޖޫން 2025 11:00 ނަންބަރު M20/M/GV/2025/05

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޢާއިލާއާބެހޭ ގަވާއިދުގައި ކުއްޖާގެ ޢުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާގެ ބެލުމުގެ ޚަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ޢަދަދުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ފެމިލީ ކޯޓުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން، ޢާއިލާއާބެހޭ ގަވާއިދަށް ގެންނަ އިސްލާޙުތަކާ ގުޅޭގޮތުން އޮގަސްޓު މަހުގެ ތެރޭގައި ކަމާގުޅޭ އިދާރާތަކާއެކު ބޭއްވޭ ބައްދަލުވުންތައް ނިންމުމަށްފަހު، އެ ގަވާއިދު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާނެކަމަށާއި އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރެވޭނެކަމަށް ލަފާކުރައްވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެ ގަވާއިދު ގެޒެޓްކުރެއްވުމުގެ ކުރިން ކޮމިޓީއާ ހިއްސާކުރެއްވުމަށް ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

އެއަށްފަހު، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކުރާ ގޮތުން ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބައިވެރިވެވަޑައިނުގެންނެވޭތީ، އެކަން ބެއްލެވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހަޅުއްވައި، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ތާއިދުކުރެއްވިއެވެ. އެހެންކަމުން މިކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅުއްވާފައިވާ އުސޫލަކީ ކޮބާކަން ސާފުކުރެއްވުމަށް އިދާރީ މޭޒާ ޙަވާލުކުރެއްވިއެވެ.

ފަހު ކަމެއްގެ ގޮތުން، އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީޢު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން އެ ރިސޯޓުތަކުގެ ކައިރީގައި ހުންނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުން ފޯރުކޮށްދޭ އެކްސްކަރޝަންގެ ޚިދުމަތްތައް ރިސޯޓުތަކަށް އެނގުމަކާނުލައި ބޭނުންކުރަމުންދާތީ، އެފަދަ ޙާލަތްތަކުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި އިތުރަށް ކުރެވިދާނެ ކަންކަން ބެލުމަށެވެ. މި ހުށަހެޅުއްވުމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ތާއިދުކުރެއްވުމުން މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2025

ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެސްޓްހައުސްތަކުން ފޯރުކޮށްދޭ އެކްސްކަރޝަންގެ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެކަން ބެލުމަށް ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

24 ޖޫން 2025

މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖައްސާ އުސޫލު ބެއްލެވުމަށް ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

5 ޑިސެމްބަރު 2024

ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA