ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީގެ 2025 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

25 ޖޫން 2025 11:00 ނަންބަރު M20/M/GV/2025/06

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ޢާންމުކުރަމުންދާ ގަވާއިދުތަކަކީ އެ އޮތޯރިޓީއަށް ލިބިގެންވާ ޤާނޫނީ އިމުގެ ބޭރުން ހަދަމުންދާ ގަވާއިދުތަކެއްކަމަށާއި ގަވާއިދު އެކުލަވާލުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސްއަށް ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވިސްލްބްލޯވަރ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ އިދާރީ މޭޒުން ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީން ހަދާފައިވާ ގަވާއިދުތަކަކީ ޓެކްސް ނެގުމާ ގުޅޭ ޤާނޫނުތަކުން އެ އޮތޯރިޓީއަށް ދީފައިވާ ބާރުގެ ބޭރުން ހަދާފައިވާ ގަވާއިދުތަކެއްކަމަށް ފާހަގައެއް ނުކުރެވޭކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލަ ފައިލްކުރުމަށާއި، މިގޮތަށް ހުށަހެޅޭ މައްސަލަތައް އިދާރީ މޭޒުން ދިރާސާކުރުމަށްފަހު ކޮމިޓީއަށް ގެންނަން ޖެހޭފަދަ ބުރަދަނެއް ނެތް މައްސަލަތައް ފައިލްކުރުމަށް ނިންމުމުގެ ބާރު ކޮމިޓީގެ މުޤައްރިރަށް ދިނުމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ).

ދެން އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކުރާ ގޮތުން ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބައިވެރިނުވެވޭތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާފައިވާ އުސޫލު މެންބަރުންނާ ހިއްސާކުރެއްވިއެވެ.

އެއަށްފަހު، ޤާނޫނު ނަންބަރު 2/2022 (އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން އެކުލަވާފައިވޭތޯއާއި، ގަވާއިދުތައް އެކުލަވާލެވިފައިނުވާނަމަ އެކަމުގައި ލަސްތަކެއް ވެފައިވާ ސަބަބު އަދި ގަވާއިދުތައް އެކުލަވާލެވޭނެ މުއްދަތެއް ސާފުކޮށްދެއްވުން އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލައިގެ މަޢުލޫމާތު އެ މިނިސްޓްރީން ސާފުކުރެއްވުމުން، 30 ޖުލައި 2025 ގެ ނިޔަލަށް އެ ގަވާއިދު އެކުލަވާލެވޭނެކަމަށް މަޢުލޫމާތު ދެއްވާފައިވާތީ އެ ތާރީޚަށް ނުނިމިއްޖެނަމަ، މިނިސްޓްރީއާ އިތުރަށް މަޝްވަރާކުރެއްވުމަށް ނިންމެވިއެވެ. 

ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ރަސްމީ

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ފެންނަކަމަށް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ފެންނަކަމަށް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ހާޒިރުވެނެތް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2025

މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖައްސާ އުސޫލު ބެއްލެވުމަށް ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

16 ޑިސެމްބަރު 2024

ޤާނޫނު ނަންބަރު 2/2022 (އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާފައިވޭތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

24 އޮކްޓޯބަރު 2024

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހަދަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވިސްލްބްލޯވަރ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    02
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA