އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން (ސިއްރު)

2 ޖުލައި 2025 10:30 ނަންބަރު M20/M/ICT/2025/5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ ސޯޝަލް މީޑިއާގައި ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ހެދުން އަޅާފައި ހުންނަ ފޮޓޯއާއި ވީޑިއޯ ދައުރުކުރުވާ ކުރުވުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައާއި ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސޭލްސް ސްކީމްތަކާއި، ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމްތަކާއި އަދި ސްކޭމްކުރުމުގެ އެންމެހާ މައްސަލަތައް ހުއްޓުވުމާއި އެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި، ސޯޝަލް މީޑިއާގައި އެފަދަ ޢަމަލުކުރާ ފަރާތްތަކާމެދު އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ. މިބައްދަލުވުން ސިއްރުކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިވަޑައިގަތުމާ ގުޅިގެން، މި ބައްދަލުވުން ސިއްރުކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

އެހެންކަމުން، މިއަދުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. 


ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 ޖޫން 2025

ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސޭލްސް ސްކީމްތަކާއި، ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމްތަކާއި އަދި ސްކޭމްކުރުމުގެ އެންމެހާ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާގުޅޭ މައްސަލަ

ކުރިޔަށް ދަނީ

16 އޭޕްރީލު 2025

ސޯޝަލް މީޑީއާގައި ދައުރުވާ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ފޮޓޯ އަދި ވީޑިއޯތައް ހުއްޓުވުމާ ގުޅޭ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA