މާލިއްޔަތު ކޮމިޓީ
8 ޖުލައި 2025 10:00 ނަންބަރު M20/M/ML/2025/28
މިއަދުގެ ބައްދަލުވުމުގައި، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެ ސޮސައިޓީގެ ހިންގާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ޖަލުތަކުގައި ޙުކުމް ތަންފީޒު ކުރަމުންގެންދާ ފަރާތްތަކާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ މުވައްޒަފުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވާގޮތާއި، އެކަންކަން ހަމަޖެއްސުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ. އެގޮތުން، މާލޭ ޞަރަޙައްދުގައި ހުރި ޖަލުތަކުގެ ކޭޓަރިންގެ މަސައްކަތް ސިންގަލްސޯސް ޕްރޮކިއުމަންޓް އުޞޫލުން ޙަވާލުކުރެވިފައިވާ ސަބަބު ސާފުކުރެއްވުމުގެ ގޮތުން މެންބަރުން ސުވާލުކޮށްފައިވެއެވެ. އެއަށްފަހު މެންބަރުން ކުރެއްވި ސުވާލުތަކަށް އެ ފަރާތުން ޖަވާބުދާރީ ވެފައިވެއެވެ.
ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ.
11 މޭ 2025
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުންދާކަމަށް ބަޔާންކޮށް ހުށަހެޅިފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA