ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
9 ޖުލައި 2025 11:30 ނަންބަރު M20/M/SM/2025/06
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުގަޑީގެ މަސައްކަތަށް ދެވޭ ފައިސާގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކާއި އަދި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރާއި ހާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި، ހިއުމަން ރިސޯސް އޮޑިޓެއް ހެދުމަށް، އަދި އިތުރު ގަޑީގައި މަސައްކަތްކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އަދި މިނޫނަސް، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވަމުންދާ އެކިއެކި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ހައްލު ހޯއްދަވައިދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި "ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި ޢަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު" ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއާއި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވި އެ ޤަރާރު ދިރާސާކުރެއްވުމުގެ މަސައްކަތް އެ ކޮމިޓީން ކުރިއަށްގެންދާތީ، އެ ކޮމިޓީން ޤަރާރު ދިރާސާ ކުރެއްވުމުގެ މަސައްކަތް ނިންމުމުން މިމައްސަލައަށް ގޮތެއް ނިންމުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނާ ގުޅުން ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭ ސުވާލުތަކަށް ޖަވާބު ހޯއްދަވައިދެއްވުން އެދި ފޮނުވާފައިވާ މައްސަލައާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ބޭސް ދިވެހިރާއްޖެއިން ހުސްވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ހެލްތް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ދިވެހިރާއްޖެއަށް ބޭސް އިމްޕޯޓްކުރާ އަމިއްލަ ފަރާތްތައް އަދި އެސް.ޓީ.އޯ ހާޒިރުކޮށްދެއްވައި، އެކަމުގައި އަވަސް ހައްލު ހޯއްދަވައި ދެއްވޭނެގޮތް ހައްދަވައިދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި ދެ މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މި ދެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ މައްސަލަތަކެއްކަމަށާއި އަދި އެ ކޮމިޓީން ދިރާސާކުރައްވަމުންގެންދަވާ ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ބޭސް ދިވެހި ރާއްޖެއިން ހުސްވާ މައްސަލަ އެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާތީވެ، މި ދެ މައްސަލަ އެ ކޮމިޓީއަށް ފޮނުވުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ފ. މަގޫދޫ އެއަރޕޯޓު ހެދުމުގެ މަސައްކަތުގެ %85 ނިމިފައިވާއިރު، މަސައްކަތް ނިންމުމަށް ބޭނުންވާ ތަކެއްޗާއި މީހުން ތިބެމެ، މަސައްކަތް ހުއްޓިފައިވާތީ، އެ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާ ސަބަބާއި، މަސައްކަތް ފެއްޓޭނެ ތާރީޚް އަދި އެއަރޕޯޓް ހުޅުވޭނެ ކަމަށް ލަފާކުރާ ތާރީޚް ސާފުކޮށްދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މި މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ރާއްޖޭން ބޭރަށް ބޭސްފަރުވާކުރުމަށް 6 މަހުން 6 މަހުން ދާންޖެހިފައިވީ ނަމަވެސް އެންސްޕާއިން އެހީހޯދުމަށް އުންދަގޫތަކެއް ހުރުމުން، 6 މަހުން 6 މަހުން ބޭސްފަރުވާކުރުމަށް ރާއްޖޭން ބޭރަށް ދެވޭނެ ކޮންމެވެސް މަގެއް ފަހިކޮށްދެއްވުން އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން މި މައްސަލަ އެންސްޕާއަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް މައްސަލަ ހުށަހެޅުއްވި ފަރާތުގައި ދެންނެވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
މި ބައްދަލުވުމުގައި ނެގި ވޯޓުތަކުގެ ތަފުޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ސަލާމް
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
22 މޭ 2025
އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
ކޮމެޓީ މަސައްކަތް ނިމިފައި
6 މޭ 2025
އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
ކުރިޔަށް ދަނީ
5 މޭ 2025
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނާ ގުޅުން ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
21 އޭޕްރީލު 2025
ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯވަރޓައިމް ފައިސާ ދިނުމާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
11 ފެބްރުއަރީ 2025
ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ބޭސް ރާއްޖެއިން ހުސްވާ މައްސަލައާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA