ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
14 ޖުލައި 2025 10:05 ނަންބަރު M20/M/HG/2025/10
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންގޮސްފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނަވާ އަލްފާޟިލާ ނިޢުމާތު ޝަފީޤުގެ މެންބަރުކަމުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
އެގޮތުން، މި މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑިއަކީ 21 ޖުލައި 2021 ކަމަށާއި 16 ޖުލައި 2025 ގައި އެފަރާތާ ކޮމިޓީން އިންޓަރވިއުކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ތާޢީދުކުރެއްވިއެވެ. އަދި މެންބަރުންގެ މެދުގައި އިތުރަށް ކުރެވުނު މަޝްވަރާތަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އެ މަޤާމުގެ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަށް މުވައްޒަފުންގެ ޕެނަލެއް އެކުލަވާލުމަށާއި، ޢާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް އިޢުލާން ކުރުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ތާޢީދުކުރެއްވިއެވެ. އެ ހުށަހަޅުންތައް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.
ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދިޔައީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ޢާންމުންގެ ޒާތީ ގިނަ މަޢުލޫމާތުތަކެއް ހިމެނިފައިވާތީ، އެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް ތާޢީދުކުރެއްވިއެވެ. ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްވިއެވެ.
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
15 އޮކްޓޯބަރު 2024
ކޮމިޓީން ދިރާސާކުރަމުންގެންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA