އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

15 ޖުލައި 2025 10:38 ނަންބަރު M20/M/IQ/2025/11

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ޓޫރިސްޓް ރިޒޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ޑީސެންޓްކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް، މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރާ ގުޅޭގޮތުންނެވެ. ނަމަވެސް ޤަރާރާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްއާ މުޤައްރިރު މަޝްވަރާކުރައްވަމުންދާތީ، އެ މަޝްވަރާތަކަށްފަހު ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމިއެވެ.

ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ދިވެހިރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ކުންފުންޏެއް މެދުވެރިކޮށް ދިވެހި ރައްޔިތުން އަމިއްލަ ބޭނުމަށް ދިވެހިރާއްޖެއަށް ގެންނަ ކުދިކުދި ތަކެތި ކްލިއަރ ކުރުމަށް ކާގޯ މެނިފެސްޓް ހުށަހެޅުމުން އެ މުދަލެއް އެތެރެކޮށްފައިވަނީ ހައުސްއެއަރވޭ ބިލެއްގެ ދަށުންކަމަށް ބުނެ، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާގޮތަށް އެތަކެއްޗަށް އިމްޕޯޓް ޑިއުޓީގެ މަޢާފް ލިބިދެމުން ނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން އެ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިއްސާކުރައްވާފައިވާ މަޢުލޫމާތާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ހޯރަފުށި ދާއިރާ މެންބަރު ޢަލީ މޫސާ ހުށަހަޅުއްވައި ވެލިދޫ ދާއިރާ މެންބަރު މުޙައްމަދު ޢައްބާސް ތާޢީދުކުރެއްވިއެވެ. 


މި ބައްދަލުވުމުގައި ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ސަލާމް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
9
ވޯޓުދިން މެންބަރުން
9
ހާޒިރުވެތިބި މެންބަރުން
10
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
10
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ފެންނަކަމަށް
9
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
9
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

10 ޖޫން 2025

އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ

ކުރިޔަށް ދަނީ

10 ފެބްރުއަރީ 2025

ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA