އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2025 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

14 ޖުލައި 2025 11:40 ނަންބަރު M20/M/EC/2025/8

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަމްބަރު 2021/9 (ކްލައިމެޓް އިމާޖެންސީ ޤާނޫނު) ތަންފީޒުކުރެވެމުންދާ މިންވަރާ ގުޅޭގޮތުން 19 ވަނަ މަޖިލީހުގެ ސަބް ކޮމިޓީން އެކުލަވާލައިފައިވާ ރިޕޯޓާމެދު މަޝްވަރާކުރުމެވެ. އެގޮތުން، އެ ރިޕޯޓާ މެދު މެންބަރުންގެ ޚިޔާލަށް ހުޅުވާލުމުން، އެ ރިޕޯޓުގެ 6 ވަނަ މާއްދާގެ ދަށުން ފާހަގަކޮށްފައިވާ 15 ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން މިހާރު ހާސިލުވެފައިވާ މިންވަރު ބެލުމަށް، އެ ރިޕޯޓު ކަމާ ގުޅޭ މިނިސްޓްރީއަށް ފޮނުވުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.


އެއަށްފަހު، އެހެނިހެންގެ ދަށުން ކުރިއަށްގެންދެވީ، ކޮމިޓީން މިހާރު ބަލަމުން އަންނަ މައްސަލައެއް ކަމަށްވާ ޔޫ އެންޑް މީ ރިސޯޓާ ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާ ވިސްލްބްލޯވަރ މައްސަލައެވެ. އެގޮތުން، އެ ރިސޯޓުން ކުނި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ މަޢުލޫމާތު ސާފުކުރުމަށް އެ ރިސޯޓަށް ޒިޔާރަތްކުރުމަށް ކޮމިޓީން ކުރިން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް އެ ރިސޯޓަށް ކޮމިޓީން ޒިޔާރަތްކުރާނެ ތާރީޚަކީ 23 ޖުލައި 2025 ކަމަށް ކަނޑައެޅުމަށާއި އެ ޒިޔާރަތުގައި ކޮމިޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް އަދި ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދު ކަމަށް ނިންމެވުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވިއެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

އެހެން ކޮމިޓީއެއްގައި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ސަލާމް

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

އެހެން ކޮމިޓީއެއްގައި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 ޖުލައި 2025

ކްލައިމެޓް އިމާޖެންސީ ގާނޫނު ތަންފީޒުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓާގުޅޭގޮތުން މަޝްވަރާކުރުން

ކުރިޔަށް ދަނީ

17 މާރިޗު 2025

ރިސޯޓަކުން ގިރިއެއް ކައިރިއަށް މޫދަށް ކުނި އަޅާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    02
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA